ލުބްނާންގައި ތިބި ޗައިނާ މީހުން އަނބުރާ ގައުމަށް އައުމަށް ޗައިނާ ސަރުކާރުން އަންގައިފި އެވެ.
ޗައިނާއިން މިގޮތަށް އެންގީ ފަލަސްތީނަށް ތާއީދުކުރާ ހިޒްބުﷲއާއި އިޒްރޭލާއި ދެމެދު ހަމަނުޖެހުން ބޮޑުވަމުންދާތީ އެވެ.
ލުބްނާންގައި ހުންނަ ޗައިނާ އެމްބަސީ އިން މިގޮތަށް އެންގީ ލުބްނާނަސް އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިސް ހަނގުރާމަވެރިއަކު މަރުވިތާ އެއްދުވަސް ފަހުން ނެވެ.
“ލުބުނާނުގެ ދެކުނާއި ނަބާތީ ގަވަރނަރޭޓްސްގައި މިހާރު ދަތުރުކުރުމުގެ ނުރައްކާ ވަނީ ރަތް (އިންތިހާއަށް ބޮޑު ރިސްކް)، އަދި އެހެން ސަރަހައްދުތަކުގައި އޮރެންޖް (ހައި ރިސްކް) އެލާޓަށް މަތިކޮށްފަ.”
ބުދަ ދުވަހު އިޒްރޭލުން ލުބުނާނަށް ދިން ހަމަލާގައި ފަލަސްތީނުގެ ފަތަހަ ހަރަކާތުގެ ޚަލީލް އަލް މަޤްދާ މަރުވެފައިވަނީ އެގައުމުގައި ހަތިޔާރު އެޅި ފިޔަވަހީގެ ”އެއް ލީޑަރު“ގެ ގޮތުގަ އެވެ. މި ހަމަލާދީފައިވަނީ ހަމާސްއާއ އިޒްރޭލުން ގައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކަން، ސުލްހައިގެ މަޝްވަރާކުރެއްވުމަށް މެދުއިރުމައްޗަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމުގެ ގަޑިއިރުތަކެއް ފަހުން ނެވެ.
މި ހަމަލާގެ ސަބަބުން އިޒްރޭލުން ސަރަހައްދީ ހަނގުރާމައެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ފަތަހައިން ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.
އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ވަރުގަދަކުރި ފަހުން ވަރަށް ގިނަ ގައުމުތަކުން ދަނީ ލުބްނާނަށް ދަތުރުކުރުން މަނާކުރަމުން ނެވެ.