އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ވައްތަރު ތައިލޭންޑުން ފެނިއްޖެ އެވެ.
މިއީ އޭޝިއާ ބައްރުން އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ފެނުނު ފުރަތަމަ ފަހަރެވެ. ފުރާނައަށް ނުރައްކާވާ މި ވޭރިއަންޓް ފެނިފައިވަ ނީ އެފްރިކާއިން އައި ތައިލެންްޑް މީހެއްގެ ފަރާތުން ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ތައިލޭންޑްްގެ ޑިޕާޓްމެންޓް އޮފް ޑިޒީޒް ކޮންޓްރޯލް އިން ބުނީ މި އެމްޕޮކްސް ކްލޭޑް 1 ބީ ފެނިފައިވަނީ ތައިލޭންޑަށް އައި ޔޫރަޕް މީހެއް ޓެސްޓް ކުރުމުން ކަމަށެވެ. އެމީހާއަކީ އުމުރުން 66 އަހަރުުގެ ފިރިހެނެކެވެ.
ތައިލޭންޑްގެ ބެންގްކޮކަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކޮށް އުޅޭ ސަރަހައްދެކެވެ.