ރަޝިޔާގެ އިރުމަތީ ސަރަހައްދަށް ބިންހެލުމެއް އަރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަޝިޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާއަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަރައިފި ކަމަށް ރީޖަނަލް އާތްކުއޭކް މޮނީޓަރިން ސާވިސް އިން ބުނެފި އެވެ.

ރަޝިޔާގެ ލޯކަލް އިމަޖެންސީ މިނިސްޓްރީން ބުނީ މިއަދު އެ ސަރަހައްދުގެ ވެރިރަށް ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީ ހިމެނޭހެން ކަނޑުގެ އައްސޭރިފަށަށް ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

”ރެސްކިއު ޓީމްތަކާއި ފަޔާ ފައިޓަރުންގެ އޮޕަރޭޝަނަލް ޓީމުތަކުން އިމާރާތްތައް ބަލަމުންދަނީ،“ މިކަމާއި ގުޅިގެން ކަމްޗަޓްކާ ސަރަހައްދުގައި ހުންނަ ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ ސަރަހައްދީ ގޮފިން ޓެލެގްރާމްގައި ބުނެފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރަޝިޔާ ގަޑިން ހެނދުނު 7:00 ހާއިރު ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ އަޑިން ކަމަށެވެ. އަދި އެމެރިކާގެ ނޭޝަނަލް ސުނާމީ ވާނިން ސެންޓަރުން ފުރަތަމަ ސުނާމީގެ އިންޒާރު ދީފައިވީ ނަމަވެސް ފަހުން ވަނީ އެ ނުރައްކާ މެދުވެރިނުވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން ރަޝިޔާގެ އިދާރާތަކުން އެއްވެސް ސުނާމީ އެލާޓެއް ނެރެފައެއް ނުވެ އެވެ.

ފުރަތަމަ ލޮޅުމަށްފަހު ފަހު ގިނަ ލޮޅުންތައް ރެކޯޑް ކުރި ނަމަވެސް އޭގެ ބާރު ދަށް ކަމަށް ރަޝިޔާގެ ޔުނިފައިޑް ޖިއޮފިޒިކަލް ސާވިސްގެ ކަމްޗަޓްކާ ބްރާންޗުން ރިޕޯޓްކޮށްފައިވެ އެވެ.

މި ޕެނިންސުލާ އޮތީ ”ރިންގް އޮފް ފަޔަރ“ ގެ ނަމުން މަޝްހޫރު ޕެސިފިކް ކަނޑުގެ ބޮޑު ބައެއް ވަށައިގެންވާ ސެއިސްމިކް އެކްޓިވް ބެލްޓެއްގެ މަތީގައި ކަމަށާއި، މިއީ ދެ ޑަޒަނަށް ވުރެ ގިނަ އެކްޓިވް އަލިފާން ފަރުބަދަ ހުންނަ ސަރަަހައްދެއް ކަން ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.

 

ރަޝިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ