ބްރެޒިލްގައި ”އެކްސް“ގެ އޮޕަރޭޝަންސް ހުއްޓާލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބްރެޒިލްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް، ”އެކްސް“ ގެ އޮޕަރޭޝަންސް ހުއްޓާލައިފި އެވެ.

އެކްސްއަކީ އެމެރިކާގެ މަޝްހޫރު ބިލިއަނަރު އެލަން މަސްކްގެ ކުންފުންޏެކެވެ.

ބްރެޒިލްގައި އެކްސްގެ އޮޕަރޭޝަންސް ހުއްޓާލީ ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެކްސެންޑްރޭ ޑި މޮރޭސް އެކްސްގެ ގާނޫނީ ވަކީލު ހައްޔަރު ކުރުމަށް އިންޒާރު ދިނުމުގެ ސަބަބުން ނެވެ. އެކްސްއިން ވަނީ އެކުންފުނިން ޑި މޮރޭސްގެ އަމުރަށް ކިޔަމަން ނުދީފިނަމަ ގާނޫނީ ވަކީލު ހައްޔަރު ކުރުމަށް އިންޒާރު ލިބިފައިވާް ކަމަށް ބުނެފަ އެވެ.

އެއާއެކު، އެކްސް އިން ވަނީ މިހާރު އެކުންފުނީގެ ބްރެޒިލް ގޮފި ބަންދުކޮށްފަ އެވެ. މިހާރު އެކްސް ކުންފުނީގެ އެމެރިކާ މުވައްޒަފުން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ.

މޮރޭސް ވިދާޅުވީ އެކްސްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގޯސް މައުލޫމާތު ފެތުރުމުގެ ފަލްސަފާ، ބްރެޒިލްއާއި ނުގުޅޭ ކަމަށެވެ. އަދި ކުށްވެރިންގެ އޯގަނައިޒޭޝަނެއް އެކްސް ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެ، އޭޕްރީލްގައި ޑީ މޮރޭސް ވަނީ މަސްކްގެ މަސައްކަތް ތަހުގީގު ކުރުމަށް އަމުރުކުރައްވާފަ އެވެ. އަދި ބްރެޒިލްގައި އެކްސް ސެންސަރުކުރުމަށްވެސް އަމުރުކުރައްވާފައި ވެއެވެ.

އެކްސްގައި މަސްކް ވަނީ ޑި މޮރޭސްއާއި ބެހޭގޮތުން އެކި ޕޯސްޓުތައް ހިއްސާ ކޮށްފަ އެވެ. އަދި މޮރޭސްގެ އިންސާފު ”ހެރީ ޕޮޓާ ފިލްމުގެ ނެގަޓިވް ޝަހްސު ވޮލްޑަމޯޓް“ އާއިވެސް އެެއްގޮތްކުރައްވާފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑި މޮރޭސްއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯ ތަހުގީގުކުރެއްވުމަށް އަމުރުކުރައްވާ، ބޮލްސޮނާރޯގެ ސަޕޯޓަރުން ހައްޔަރުކުރުމަށްވެސް މިދިޔަ އަހަރު އަމުރުކުރައްވާފަ އެވެ. ބޮލްސަނާރޯގެ ސަޕޯޓަރުން ހައްޔަރުކުރަން އަމުރުކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެމީހުން ބްރެޒިލްގެ ސަރުކާރުގެ އިދާރާތަކަށް ގަދަބާރުން ވަނުމުގެ ސަަބަބުން ނެވެ.

 

 

ބްރެޒިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ