ހިޒްބުﷲ ޖަމާޢަތުން ލުބްނާނުގެ ބިމު އަޑީގައި ޤާއިމުކޮށްފައިވާ މިސައިލް މަރުކަޒެއްގެ ޕްރޮމޯޝަނަލް ވީޑިއޯއެއް ޢާންމުކޮށްފި އެވެ. މި މަރުކަޒަށް ”އިމާދް-4“ ގެ ނަން ދީފައިވާއިރު، ވީޑިއޯގައި މިސައިލްތައް ދޫކުރާ މަޤާމުތައްވެސް ދައްކުވައިދީފައިވެ އެވެ.
ވީޑިއޯގެ އަޑުގައި އިވެނީ ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ ގެ އަޑެވެ. ނަސްރުﷲ ވަނީ ހިޒްބުﷲ ގެ ޤާބިލިއްޔަތުތަކާ ބެހޭގޮތުން ތަފްޞީލުކޮށް ވާހަކަދައްކާފަ އެވެ.
ފަހަކަށް އައިސް ހިޒްބުﷲ އިން ވަނީ އިޒްރޭލަށް އަމާޒުކޮށް ދޭ ހަމަލާތައް ހަރުދަނާކޮށްފަ އެވެ. މިހާރު އެ ޖަމާޢަތުން ދަނީ ހިޒްބުﷲ ގެ އިސް އޮފިޝަލެއް ކަމުގައިވާ ޝުކުރުގެ މަރުގެ ބަދަލުހިފުމަށް އިޒްރޭލަށް އިންޒާރު ދެމުންނެވެ.
އިޒްރޭލުން ވަނީ ޝުކުރު މަރާލި ކަމަށް އިޢުތިރާފުވެފަ އެވެ.