ތައިލޭންޑްގެ ބޮޑުވަޒީރުކަމަށް 37 އަހަރުގެ އަންހެނެއް އިންތިހާބުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތައިލޭންޑްގެ ބޮޑުވަޒީރު ކަމަށް އުމުރުން 37 އަހަރުގެ ޕައޭތޮންގްތާން ޝިނަވަތްރާ އިންތިހާބުވެވަޑައިގެންފި އެވެ.

ޝިނަވަތްރާއަކީ ސަރުކާރު ހިންގާ މައި ޕާޓީގެ ކެންޑިޑޭޓެވެ. އެކަމަނާއަކީ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ ދަރިކަނބަލުން ނެވެ. އެއާއެކު، އެކަމަނާ ވަނީ ތައިލޭންޑްގައި މިހާތަނަށް އިންތިހާބުވެވަޑައިގަތް އެންމެ ޒުވާން ބޮޑުވަޒީރުގެ މަގާމް ހޯއްދަވާފަ އެވެ.

ތަކްސިން ޝިނަވަތްރާއަކީ ތައިލޭންޑްގެ މުއްސަނދި ވިޔަފާރިވެރިއެކެވެ. ޝިނަވަތްރާގެ ތިން ވަނަ ދަރިކަނބަލުން އަދި އޭނާއަށް ލިބިވަޑައިގަތް އެންމެ ހަގު ބޭފުޅު ކަމަށްވާ ޕައޭތޮންގްތާންއަކީ އެ އާއިލާއިން ތައިލޭންޑްގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގަތް ތިން ވަނަ ބޭފުޅާ އެވެ. މީގެ ކުރިން އެކަމަނާގެ ބޮޑުދައިތައެއްވެސް ވަނީ ތައިލޭންޑްގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ޕައޭތޮންގްތާން މި މަގާމަށް އިންތިހާބުވެވަޑައިގަތީ އެގައުމުގައި 2001 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގަތް ޝްރެއްތާ ތަވިސިން، މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ތައިލޭންޑްގެ އަސްކަރިއްޔާގެ ނުރުހުން ލިބިވަޑައިގަތް ތަވިސިން މަގާމުން އަޒުލުކުރައްވާފައިވަނީ ބުދަ ދުވަހު ތައިލޭންޑްގެ ދުސްތޫރީ ކޯޓުން ނިންމެވި ނިންމެވުމަކަށްފަހު އެވެ.

2006 ވަނަ އަހަރު ތަވިސިން ވަނީ އަސްކަރީ ބަގާވާތަކަށްފަހު އަހަރުތަކެއް ވަންދެން ތައިލޭންޑްއިން ބޭރުގައި އަރުވާލެވިފަ އެވެ. އޭނާ އަނބުރާ ތައިލޭންޑަށް ވަޑައިގަތީ ފު ތައި އިން މިދިޔަ އަހަރު އާ ސަރުކާރެއް އުފެއްދި ފަހުން ނެވެ.

ތައިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގައި 493 މެންބަރުން ތިއްބަވާއިރު ފު ތައި އިއްތިހާދުން މަޖިލީހުގެ 314 ގޮނޑި ހިއްސާ ކުރެ އެވެ.

ހޮޓެލް ވިޔަފާރީގެ މަސައްކަތް ބަލަހައްޓަވަމުންގެންދެވި ޕައޭތޮންގްތާން ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ ތިން އަހަރު ކުރިން ނެވެ.

މިދިޔަ އަހަރު މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އިސްލާހީ މޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) އަށް ސަރުކާރެއް އެކުލަވާލުމަށް ހުރަސް އެޅީ އޭރު އަސްކަރިއްޔާއިން އައްޔަންކުރި  ވީޓޯގެ ބާރު އޮތް ސެނެޓުން ނެވެ. މިދިޔަ ހަފްތާގައި ތައިލޭންޑްގެ ދުސްތޫރީ ކޯޓުން ވަނީ އެ ޕާޓީ އުވާލާ، ޕާޓީގެ އިސް ބޭފުޅުނނަށްް 10 އަހަރު ވަންދެން ސިޔާސީ މަސައްކަތް މަނާ ކުރުމަށް ނިންމާފަ އެވެ. ދުސްތޫރީ ކޯޓުން އެގޮތަށް ނިންމީީ އެ ޕާޓީއިން ތައިލޭންޑްގެ ރަސްކަން ކުރައްވާ ޝާހީ އާއިލާގެ ބޭފުޅުންގެ މަސްރަހުގައި އާންމުންނަށް ބަސްބުނެވޭ ގޮތް މަނާ ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުމެއް ގެންގުޅުމުން ނެވެ.

ނަމަވެސް، އެ ޕާޓީގެ ލީޑަރުން ވަނީ އަލުން ޕީޕަލްސް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދާފަ އެވެ.

ތައިލެންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ