ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

ހިޒްބުالله އިން އިޒްރޭލަށް ރޭ ދިހަވަރަކަށް ކަތިއުޝާ ރޮކެޓް ފޮނުވާފައިވާ ކަމަށް ބުނެފައިވާއިރު، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމަށް ދިން ކަމަށް ބުނާ ސިލްސިލާ ހަމަލާތަކުގެ އެންމެ ފަހުގެ ހަމަލާ އެވެ.

އީރާނުގެ ތާއީދު އޮންނަ އެ ޖަމާއަތުން ހޮނިހިރު ދުވަހު ބުނީ އިޒްރޭލުގެ އުތުރުގެ ބައިތު ހިލެލްއަށް އެންމެ ފަހުން ދިން ހަމަލާއަކީ ލުބުނާނުގެ ކްފާރު ކެލާ އާއި ދެއިރް ސިރިއާނޭއަށް އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދު ކަމަށް ބުނެފަ އެވެ.

އިޒްރޭލުުގެ ޗެނަލް 14 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޕާ ގަލީލީއާ ދިމާލަށް މަދުވެގެން 50 ރޮކެޓް ހަމަލާ އަމާޒުކޮށްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އެސަރަަހައްދަށް ސައިރެންގެ އަޑު އިވުނެވެ.

ހަމާސް އާއި އީރާނުން ވަނީ މި ހަފްތާގެ ކުރީކޮޅު އީރާނުގެ ވެރިރަށް ތެހެރާނުގައި އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގެ ބަދަލު ހިފުމަށް ވައުދުވެފަ އެވެ.

އިޒްރޭލާއި ހިޒްބުالله އާއި ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވަނީ މަސްތަކެއް ވަންދެން ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަމުންދަނިކޮށެވެ. މި ހާލަތު ގޯސްވެފައިވަނީ ފަލަސްތީނުގެ ޖަމާއަތް ހަމާސް އިން ދިން ހަމަލާއަކާ ގުޅިގެން އޮކްޓޯބަރު މަހުން ފެށިގެން ގާތްގަނޑަކަށް 40،000 ފަލަސްތީނު މީހުން މަރުވެފައިވާ ގައްޒާގައި އިޒްރޭލުން ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ހިޒްބުالل އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ