ހަނިއްޔާ މަރާލާފައިވަނީ އިޒްރޭލަށް މަސައްކަތްކޮށްދޭ އީރާންގެ އެޖެންޓުން

Advertisement

އެންމެ ފަސް

Advertisement

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރާލާފައިވަނީ އިޒްރޭލަށް މަސައްކަތްކޮށްދޭ އީރާންގެ ސެކިއުރިޓީ ގާޑުން ކަމަށް ދަ ޑެއިލީ ޓެލެގްރާފް އިން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑް އިން އީރާނުގެ ސެކިއުރިޓީ އެޖެންޓުންގެ އެހީގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މަޑުކޮށްގެންހުރި ތެހެރާންގެ ގެސްޓްހައުސްއެއްގެ ތިން ކޮޓަރިއެއްގައި ގޮވާތަކެތި އިންދާފައި ވެއެވެ.

އެ ބޮން ގޮއްވާފައިވަނީ އިޒްރޭލުގައި ހުރި ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މޮސާޑް އިން ވަނީ މަތީ މަގާމުތަކުގައި ތިބި އޮފިޝަލުން ހިމާޔަތް ކުރުމުގެ ޒިންމާ އުފުލާ އަންސާރު އަލް މަހުދީ ޕްރޮޓެކްޝަން ޔުނިޓުން އެޖެންޓުން ހޯދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ވަނީ އެގައުމުގެ އަސްކަރީ ޔުނިޓުން މިކަމަށް ޖަވާބުދާރީވުމަށް އަމުރު ކުރައްވައިފަ އެވެ.

މިހާރު އީރާނުން ދަނީ އައިއާރްޖީސީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން އިޒްރޭލަށް މަސައްކަތްކޮށްދޭ ކަމަށް ޝައްކު ކުރެވޭ ފަރާތްތަކުން ހައްޔަރުކުރަމުން ނެވެ.

ހަނިއްޔާ ޝަހީދުކޮށްފައިވަނީ އީރާންގެ ރައީސް ޑރ. ޕެޒެޝްކިއަން މަސްއޫދުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބެލުމަށް އީރާނަށް ގޮސްފައި ހުއްޓާ އެވެ. ބުދަ ދުވަހު ޝަހީދުވި ހަނިއްޔާގެ ހަށިގަނޑު އިއްޔެ ވަނީ ގަތަރުގައި ފަސްދާނުލާފަ އެވެ.

އިރާން އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ