ހަނިއްޔާ ޝަހީދުކޮށްފައިވަނީ ވައިގެ ހަމަލާއެއްގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްފައިވަނީ އޭނާ މަޑުކޮށްގެން ހުރި ތަނަށް ރޭ އީރާން ގަޑިންް 02:00 އެހާކަށްހާއިރު ވައިގެ މަގުން އަމާޒުކުރި ބަޑީގެ ހަމަލާއެއްގައި ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ރިޕޯޓްތަކުން މިހެން ބުނެފައިވަނީ އީރާނުން މިހަމަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވަނީސް އެވެ. ހަނިއްޔާ ޝަހީދުކޮށްފައިވަނީ އީރާންގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބައްލަވާލެއްވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ޕެޒެޝްކިއަންގެ ހުވާކުރެއްވުމުގެ ރަސްމިއްުޔާތު ބޭއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

ހަނިއްޔާއާއި އެއްކޮށް އީރާންގެ އަސްކަރީ ވެޓެރަންސްއަށް ހާއްސަ ގެސްޓް ހައުސް އިމާރާތެއްގައި މަޑުކޮށްގެން ހުރި އޭނާގެ ބޮޑީގާޑްވެސް ޝަހީދުކޮށްފައި ވެއެވެ. އެތަނަކީ އީރާންގެ އަސްކަރީ އައިއާރްޖީސީގެ ބެލުމުގެ ދަށުގައިވާ ތެހެރާންގެ ތަނެކެވެ. އެވަގުތުކޮޅު ޕަލަސްތީނިއަން އިސްލާމިކް ޖިހާދްގެ ސެކްރެޓަރީ ޖެނެރަލް ޒިޔާދް އަލް-ނަހަލާވެސް ހުރީ އެ އިމާރާތުގެ އެހެން ފަންގިފިލާއެއްގައި ކަން ބޭރުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.

މިހާދިސާ ތަހުގީގު ކުރާނެ ކަމަށް އީރާން ސަރުކާރުން ބުނެފައި ވެއެވެ.

ހުކުރު ދުވަހު ހަނިއްޔާގެ ޖަނާޒާ ތެހެރާންގައި ބޭއްވުމަށް އޭނާގެ ފަސްދާނުލުން ގަތަރުގައި ކުރިއަށްގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައިނުވާއިރު ހަމާސްއިން ބުނީ ހަނިއްޔާ ޝަހީދުކޮށްެފައިވަނީ އިޒްރޭލުގެ ރޭވުމެއްގެ ތެރެއިން ކަމަށެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނިއްޔާގެ މަރާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަށް އޭނާގެ ކެބިނެޓަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކެބިނެޓް މިނިސްޓަރެއް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހަނިއްޔާގެ މަރާއި ގުޅިގެން އުފާ ފާޅުކޮށްފަ އެވެ.

ގައްޒާގައި ދިރިއުޅެމުންދިޔަ ހަނިއްޔާ އެތަން ދޫކޮށް ގަތަރަށް ދިރިއުޅުން ބަދަލުކުރީ 2019 ވަނަ އަހަރުގަ އެވެ.

ހަމާސް އިރާން ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ