ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލައިފި އެވެ.

ހަނިއްޔާ ޝަހީދުކޮށްފައިވަނީ އީރާންގެ ވެރިރަށް ތެހެރާންގަ އެވެ. ހަނިއްޔާ ތެހެރާން އަށް ދިޔައީ އިއްޔެ އީރާންގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަން ރައީސްކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބެލުމަށެވެ. އޭނާއާއިއެކު އޭނާގެ ބޮޑީގާޑެއްވެސް މަރާލާފައިވާ ކަމަށް ހަމާސްއިން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ.

އެދެމީހުން ޝަހީދުކޮށްފައިވަނީ އެދެމީހުން މަޑުކޮށްފެން ތިބި އެޕާޓްމެންޓް ތެރެއިން ނެވެ. އީރާންގެ އަސްކަރިއްޔާއިން ވަނީ ހަނިއްޔާގެ މަރު ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައިނުވާއިރު ހަމާސްއިން ބުނީ ހަނިއްޔާ ޝަހީދުކޮށްެފައިވަނީ އިޒްރޭލުގެ ރޭވުމެއްގެ ތެރެއިން ކަމަށެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނިއްޔާގެ މަރާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަށް އޭނާގެ ކެބިނެޓަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކެބިނެޓް މިނިސްޓަރެއް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހަނިއްޔާގެ މަރާއި ގުޅިގެން އުފާ ފާޅުކޮށްފަ އެވެ.

ގައްޒާގައި ދިރިއުޅެމުންދިޔަ ހަނިއްޔާ އެތަން ދޫކޮށް ގަތަރަށް ދިރިއުޅުން ބަދަލުކުރީ 2019 ވަނަ އަހަރުގަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އޭގެ ކުރިން ހަނިއްޔާގެ އާއިލާ ބޭފުޅުންވެސް ޝަހީދުކޮށްލާފަ އެވެ.

ހަމާސް އިރާން އިޒްރޭލް ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ