ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ، ކާފިއު އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ، އެ ގައުމުގެ ސަރުކާރުން ކާފިއު އިއުލާންކޮށްފި އެވެ.

ބަންގްލަދޭޝް ސަރުކާރުން މިގޮތަށް ކަންތައް ކުރީ އެގައުމުގެ ވެރިރަށް ދާކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުންދާ މުޒާހަރާގައި 67 ވަރަކަށް މީހުންު މަރުވެފައި ވަނިކޮށެވެ.

ބޮޑުވަޒީރުގެ އޮފީހުން ކާފިއު އިއުލާން ކުރީ ހުކުރު ދުވަހު ނަރުސިންދީ ޖަލަށް ދިން ހަމަލާއެއްގައި އެތައް ސަތޭކަ ގައިދީންނެއް ދޫވެގެންދިއުމާއި ގުޅިގެން ނެވެ. ސަރުކާރުގެ ޕްރެސް ސެކްރެޓަރީ ނައީމުލް އިސްލާމް ހާން ވިދާޅުވީ ސިފައިން މަގުމައްޗަށް ނެރެނީ ހަމަޖެހުން ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުގެ އިތުރުން ބަންގްލަދޭޝް ސަރުކާރުން ވަނީ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮޮށްފަ އެވެ. މިހާރު އެގައުމުގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްވެސް ވަނީ ހުއްޓާލާފަ އެވެ.

ދަރިވަރުން ކުރަމުންދާ މުޒާހަރާގައި ބެލެނިވެރިންވެސް މިހާރު ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ އިންވަނީ މުޒާހަރާ ނުހުއްޓުމަށް ގޮވާލާފަ އެވެ. އެ ޕާޓީން ބުނީ އެ ޕާޓީގެ އިސް ލީޑަރުންގެ ތެރެއިން އެކަކު ކަމަށްވާ ރޫހުލް ކަބީރު ރިޒްވީ އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.  ރިޒްވީ ހައްޔަރުކުރި އެއްވެސް ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ މުޒާހަރާ ރޭވި ފަރާތްތަކާއި މަޝްވަރާ ކުރަންވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ނުވާ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންގެ ހަމަލާތަކުގައި މަރުވުމާއި ގުޅިގެން ސަރުކާރުން ކުރާ އިތުރު މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް ދަރިވަރުން ބުނަމުން ދެ އެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު 100 އޮފިސަރުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވީ ސަރުކާރުގެ އިމާރާތްތަކުގެ ބޭރުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށެވެ.

ދާކާގެ އިތުރުން ބަންގްލަދޭޝްގެ 26 ސަރަހައްދެއްގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހުކުރު ދުވަހުގެ ހެނދުނު ދައުލަތުގެ މީޑިއާ ބީޓީވީ ހިސޯރުކޮށް ، އެތަނުގައި އަލިފާން ރޯކޮށްފަ އެވެ. މި އަލިފާނުގައި އެތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ބަންގްލަދޭޝްގައިި އޮންނަ ގާނޫނެއްގެ ދަށުން 1971 ވަނަ އަހަރު ބަންގްލަދޭޝްއާއި ޕާކިސްތާނާއި ދެމެދު ކުރި ހަނގުރާމައިގައި ބަންގްލަދޭޝްގެ ދިފާއުގައި ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ރިޒާވް ކުރެވިފައިވެ އެވެ. މި ގާނޫނު ތަންކޮޅެއް ކުރިން އުވާލާފައިވީ ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެގާނޫނަށް އަލުން އަމަލުކުރުމަށް ނިންމާފަ އެވެ. ބަންގްލަދޭޝްގެ އާންމުން ދަނީ އެކަމުން ފައިދާވާނީ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

މި ނިންމުން ނިންމާފައިވަނީ މިިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. މި މާއްދާ އުވާލުމަށް ބަންގްލަދޭޝް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން ގޮވާލާފައިވެ އެވެ. ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި އެތައް ބަޔަކަށް އަނިޔާ ލިބިފައިވެ އެވެ. މި މުޒާހަރާތަކުގައި ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާ، ރަބަރު ވަޒަންތައް ވެސް މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް އަމާޒުކޮށްފަ އެވެ.

ބަންގަލްދޭޝްއަކީ 170 މިލިއަނެއްހާ މީހުންގެ އާބާދީއެެއް އޮންނަ ގައުމެކެވެ. އެގައުމުގައި ގާތްގަނޑަކަށް 32 މިލިއަން މީހުން ވަޒީފާ ނުލިބި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ބަންގްލަދޭޝް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ