ޓްރަމްޕްގެ ރަނިން މޭޓަކަށް އޭނާއަށް އެންމެ ބޮޑަށް ފާޑުކީ ފަރާތެއް!

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް ވީޖޭ ވާންސް ހަމަޖައްސަވައިފި އެވެ.

އިއްޔެ ޓްރަމްޕް މިކަން އިއުލާންކުރެއްވީ ރިޕަބްލިކަން ޕާޓީން އޭނާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިއުލާންކުރެއްވި ފަހުން ނެވެ.

ވީޖޭ ވާންސްއަކީ ޓްރަމްޕަށް އެންމެ ހަރުކަށިކޮށް ފާޑު ވިދާޅުވި ފަރާތެއްގެ ގޮތުގައި މަޝްހޫރުވި އޯހިއޯގެ ސެނެޓަރު އެވެ.

2016 ވަނަ އަހަރުގައި ނެޓްފްލިކްސްގެ ހިލްބިލީ އެލެޖީއިން އާންމުންގެ ތެރެއަށް ތައާރަފްވި ވާންސް އެފަހުން ވަނީ ވެންޗާ ކެޕިޓަލިޒަމްގެ މަސައްކަތް ފައްޓަވާފަ އެވެ.

”އަހަރެންނަށް އޭނާ (ޓްރަމްޕް) ދުވަހަކުވެސް ކަމަކު ނުދޭ. އޭނާއަކީ ވަރަށް ’ސަކަރާތް‘ ކެންޑިޑޭޓެއް“ މަޝްހޫރުކަން ހޯއްދެވި ފަހުން ވާންސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރަށްވެސް، އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ދުވަސްވަރު ވާންސް އޭނާގެ އޭރުގެ ރޫމް މޭޓަށް ފޮނުވި މެސެޖެއްވެސް ލީކް ވެފައި ވެއެވެ. އެ މެސެޖްގައި އޭނާ ވަނީ ޓްރަމްޕަކީ ”އެމެރިކާގެ ހިޓްލަރު ތޯ“ ސުވާލު ކުރައްވާފަ އެވެ.

ނަމަވެސް، މިހާރު ވާންސް ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ޓްރަމްޕްގެ ދިފާއުގައި ވާހަކަވެސް ދައްކަވަން ފައްޓަވާފަ އެވެ. އޭނާ އޯހިއޯގެ ސެނެޓަށް ވާދަކުރެއްވީވެސް ޓްރަމްޕަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓްރަމްޕް ގަޔަށް ބަޑި ޖެހި ހާދިސާއަށް އިޝާރާތްކުރައްވާ، ވާންސް ވަނީ އެ އަމަލަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމެރިކާގެ ރައީސް ޖޯ ބައިިޑަންގެ ކެމްޕެއިން ޓީމްއިން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވަނީ ބައިޑަންގެ ޓީމްގެ އަސާސަކީ ޓްރަމްޕްއަކީ ’ހުދު މުހުތާރު‘ ބޭފުޅެއް ކަމަށާއި އޭނާ ’ކޮންމެ ހާލެއްގައިވެސް ހުއްޓުވަން ޖެހޭ“ ކަން ފާހަގަކުރައްވާފަ އެވެ. މިއީ ބައިޑަންގެ ޓީމުން ކެމްޕެއިން ތެރޭގައި ބުނެފައިވާ ވާހަކައެކެވެ.

 

ޓްރަމްޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ