އިލަން މަސްކް ތާއީދު ޓްރަމްޕަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގައި ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާއީދުކުރައްވާ ކަމަށް އެމެރިކާގެ މަޝްހޫރު ބިލިއަނަރު އިލަން މަސްކް ހާމަކޮށްފި އެވެ.

އެކްސް ޕްލެޓްފޯމްއާއި ޓެސްލާ ކުންފުނީގެ ވެރިޔާ، އިލަން މިކަން އިއުލާން ކޮށްފައިވަނީ އެކްސް ހޭންޑްލްއިން ނެވެ.

އިލަން ވަނީ ޓްރަމްޕްއަކީ ”ޓަފް“ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މިއީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް އިލަން ތާއީދުކުރާ ކަން ފާޅުގައި ހާމަކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރީގައި ހިމެނޭ މަސްކް ކުރި ޕޯސްޓުގައި ވަނީ ޕެންސިލްވޭނިއާގައި ޓްރަމްޕްގެ ޖަލްސާގައި ޓްރަމްޕް މޫނުމަތިން ލޭ ފައިބަމުންދިޔަ ވަގުތުކޮޅު ޓްރަމްޕް އަތް މައްޗަށް ނަގާފައި ކުރިއަށްދާނެ ކަން އަންގައިދޭ އިޝާރާތެއް ދައްކާ މަންޒަރު ފާހަގަކުރަމުން ނެވެ.

”އެންމެ ފަހުން އެމެރިކާގައި ޓަފް ކެންޑިޑޭޓަކަށް ފެނުނީ ތެޑޯ ރޫޒްވެލްޓ. ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދެން“

އިލަން ވަނީ ހުކުރު ދުވަހު ޓްރަމްޕްގެ ކެމްޕެއިނަށް ފައިސާގެ އެހީވެސް ދީފަ އެވެ. އޭނާ ވަނީ ބައިޑަން އަށް ފާޅުގައި ފާޑުވެސް ކިޔާފަ އެވެ.

މަސްކް ވަނީ މީގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އިތުރުން ބައިޑަން އަށް ވެސް ވޯޓު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި މަސްކް ވަނީ ކަނާތުފިޔައިގެ ވިސްނުންތަކަށް ތާއީދުކޮށް، ޑައިވަރސިޓީ އިނިޝިއޭޓިވްތަކާއި، ބައިޑަންގެ އިމިގްރޭޝަން ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހަކަށް ވެ، ޑިމޮކްރެޓުން ޓެސްލާ އާއި އޭނާގެ ރޮކެޓް ކުންފުނި ސްޕޭސްއެކްސް އަށް ”ވަރަށް ފިނި ޖަވާބެއް“ ދީފައިވާ ކަމަށް ޝަކުވާކޮށްފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޓްރަމްޕްއަކީ ރިޔާސީ ރޭހުގައި ވާދަކުރާ ވަރަށްވުރެ މާ މުސްކުޅި މީހެއް ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު ޓްރަމްޕް ވަނީ އޭނާއަކީ ”އިލަންއާއި އޭނާގެ ޓެސްލާ ބްރޭންޑްގެ ބޮޑު ފޭން“ އެއް ކަމަށް ވިދާޅުވެފަ އެވެ.

މާޗް މަހު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަންނަ ހަފްތާގައި ރަސްމީކޮށް ނޮމިނޭޓް ވާނެ ކަމަށް ބެލެވޭ ޓްރަމްޕް ވަނީ މަސްކް އާއި އެހެން މުއްސަނދި ޑޮނަރުންނާ ބައްދަލު ކުރައްވާފަ އެވެ.

އިލަން މިގޮތަށް އިއުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޓްރަމްޕްގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޓްރަމްގެ ހަށިކޮޅަށް ބަޑީގެ ހަމަލާއެއް ދީފައިވާ ވަގުތުކޮޅެއްގަ އެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތް ކައިރިން ލޭ ފައިބާ ތަން ފެންނަމުންދެ އެވެ. މި ހަރަކާތުގެ ތެރެއިން ޖެހި ބަޑީގެ ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާއި ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. ނަމަވެސް އެމެރިކާގެ ޕޮލްތަކުން ދައްކާ ގޮތުގައި ފަލަސްތީނުގައި ހިންގާ ހަނގުރާމައިގައި އިޒްރޭލަށް އަމަލީ ގޮތުން ދޭ އެހީތެރިކަމުގެ ސަބަބުން ބައިޑަން އަށް އޮތް ތާއީދު ވަނީ ބޮޑު ތަނުން ގެއްލިފަ އެވެ.

 

ޓްރަމްޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ