އެމެރިކާގެ އެހީގައި ލުބްނާނަށް އިޒްރޭލުން 5 ހަފްތާ ތެރޭ ހަމަލާ ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޯޑަރު ސަރަހައްދުން އިޒްރޭލަށް ހިޒްބުﷲ އިން ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ، ލުބްނާނަށް ހަމަލާދޭން އިޒްރޭލުން އިންޒާރުދީފި އެވެ.

އިޒްރޭލުން ވަނީ ހިޒްބުﷲ އަށް 5 ހަފްތާގެ މުއްދަތެއް ދީފަ އެވެ. މި މުއްދަތު ތެރޭގައި އިޒްރޭލަށް ހަމަލާދިނުން ހުއްޓާނުލައިފިނަމަ އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތަކަށް ތާއީދުކޮށް އެމެރިކާއިން އެހީ ދޭނެ ކަމަށް އެމެރިކާއިން އިޒްރޭލަށް ފޮނުވި މަންދޫބު އާމޯސް ހޮކްސްޓީން ވިދާޅުވެފައި ވެއެވެ. ހޮކްސްޓީން މިގޮތަށް ވިދާޅުވީ ލުބްނާންގެ ބޮޑު ވަޒީރު ނާޖިބް މިކާތީއާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާބިހް ބެއްރީއާއި ވާހަކަދައްކަވަމުން ނެވެ. ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން އެމެރިކާއިން ވަނީ އިޒްރޭލާއިއެކު ބާއްވަން ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުމެއް ކެންސަލްކޮށްފަ އެވެ. ނަތަންޔާހޫ ވަނީ އެމެރކާގެ ރައީސް ޖޯ ބައިޑަންާް އިޒްރޭލަށް ބޭނުންތެރި ހަތިޔާރު ނުދެއްވާ ހިފަހައްޓަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމެރިކާއިން މިގޮތަށް ބުނެފައިވާއިރު އީރާނުން ވަނީ ހިޒްބުﷲ އަށް އިތުރު ހަނގުރާމަވެރިން ފޮނުވުމަށް މަޝްވަރާކޮށްފަ އެވެ. ޖަވާބުގައި ހިޒްބުﷲ އިން ބުނީ އެޖަމާއަތުގައި 100،000 ވަރަކަށް ހަނގުރާމަވެރިން އެބަތިބި ކަމަށާއި ހަނގުރާމަވެރިންގެ އަދަދު ”ގުނާނުލެވޭ ވަރަށް ގިނަވެ، އަދަދުކުރަން އުނދަގޫ“ ކަމަށެވެ.

ހިޒްބުﷲ އިން މިފަހުން ލުބްނާނާއި ހިޒްބުﷲ ބޯޑަރު ސަރަހައްދުން އިޒްރޭލު ސިފައިންނަށް އަމާޒުކުރާ ހަމަލާތައް ވަރުގަދަކުރީ އިޒްރޭލުން ލުބްނާންގެ އާންމުން ދިރިއުޅޭ ސަރަހައްދުތަަކަށް ނުރައްކާތެރި ހަމަލާތައް ދިނުމާއި ގުޅިގެން ނެވެ. ހިޒްބުﷲ އިން ދަަނީ 7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދޭ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން ހުއްޓުމެއްނެތި އިޒްރޭލު ސިފައިންނަށް ހަމަލާ އަމާޒުކުރަމުން ނެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 37،000 އަށްވުރެ އިތުރުވެފައިވާއިރު އދ. އިން ވަނީ މި ހަނގުރާމައިގެ ސަބަބުން ތިމާވެށްޓަށްވެސް އެތަކެއް ގެއްލުމެއް ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ހިޒްބުالل އިޒްރޭލް ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ