މި ހިސާބުން އިޒްރޭލުގެ ވަޔާއި ކަނޑާއި އެއްގަން ސަލާމަތް ނުވާ ވަރު ކުރާނަން: ހިޒްބުﷲ ލީޑަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލަށް ކުރިމަތިކުރުވާ ހަމަލާތައް އެއްގަމާއި ކަނޑާއި ވައިގެ މަގުން ވަރުގަދަކުރާނެ ކަމަށް ހިޒްބުﷲ އިން އިންޒާރުދީފި އެވެ.

އިޒްރޭލުން ވަނީ ލުބްނާނާއިއެކު ހަނގުރާމަ ކުރަން އިންޒާރުދީފަ އެވެ. އެ އިންޒާރަށް ރައްދުދީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރަﷲ ބުނީ އެޖަމާއަތުން އިޒްރޭލާއި ހަނގުރާމަ ކުރަން ފުރިހަމައަށް ތައްޔާރަށް ތިބިކަން އިޒްރޭލަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ލުބްނާނަށް ހަމަލާދީފިނަމަ “ ގަވާއިދާއި ހައްދަށް ނުބަލައި ފަހަތަށް ނުޖެހި އިޒްރޭލަށް ހަމަލާ ދޭނެ“ ކަމަށެވެ.

މިހާރުވެސް އީރާނުން ހިޒްބުﷲ އަށް ހަނގުރާމަވެރިން ފޮނުވުމަށް ހުށަހެޅުމުން އެޖަމާއަތުން ވަނީ 100،000 ވަރަކަށް ހަނގުރާމަވެރިން ތިބި ކަމަށް ބުނެފަ އެވެ. އަދި ހަނގުރާމަވެރިން އަދަދު ނުކުރެވޭ ވަރަށް ގިނައިރު، ”އިޒްރޭލަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން ހަމަލާ ދޭން އިންތިޒާރުކުރާނެ“ ކަމަށް ނަސްރަﷲ ބުނެފައި ވެއެވެ.

”ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ އިޒްރޭލުގެ މީޑިއާއާއި މެދުވެރިން ބުނާ އެއްޗަކުން އަހަރެމެން ބިރެއް ނުގަންނާނެ. ދުޝްމަނަށް (އިޒްރޭލަށް) ވަރަށް ރަނގަޅަށް އެނގޭނެ އަހަރެމެން އެންމެ އުނދަގޫ ދުވަސްތަކަށް ހޭލުންތެރިވެ ތިބިކަން. އަދުއްވުންނަށް އެނގޭނެ އެމީހުންނަށް އޮތީ ކޮން ކަމެއްކަން (ކޮން ދުވަަސްތަކެއް ކަން). އެހެންވެ، 9 މަސް ވަންދެން އެމީހުންނަށް (ހިޒްބުﷲ) ނުހުއްޓުވުނީ“

މީގެ އިތުރަށްވެސް، ނަސްރަﷲ ވަނީ ސައިޕްރަސްއިން އިޒްރޭލަށް އެހީވާން އެމީހުންގެ ވައިގެ ސަރަހައްދު އިޒްރޭލު އަސްކަރިއްޔާއަށް ހުޅުވާލަން އުޅޭކަމަށް ތުހުމަތުކޮށްފަ އެވެ. ޖަވާބުގައި ސައިޕްރަސްއިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ނަސްރަﷲ ގެ ވާހަކައާއި މެދު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އީޔޫއިން ބުނީ ސައިޕްރަސްއަށް ބިރުދެއްކުމަކީ އީޔޫއަށްވެސް ބިރުދެއްކުން ފަދަ ކަމެއްފެ ގޮތުގައި ސިފަކޮށްފަ އެވެ.

އެމެރިކާއިން މިކަމުގައި އިޒްރޭލަށް އެހީވާން ވާހަކަދައްކާފައިވީ ނަމަވެސް، ދާދި ފަހުން އިޒްރޭލުގެ އާންމު ތަނެއްގައި ދެއްކި ވާހަކައިގައި އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާއިން ”ގަސްދުގައި ހަތިޔާރު ދިނުން ލަސްކޮށް، ހިފަހައްޓާ“ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ ފަހުން އެމެރިކާގެ ފޮރިން ސެކްރެޓަރީ އެންތަނީ ބްލިންކެން ވަނީ އެންމެ ފަހުން އިޒްރޭލަށް ފޮނުވަން އުޅުނު 2000 ޕައުންޑްގެ ބޮން އެގައުމަށް އެތެރެނުކޮށް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް ކަންތައް ކުރަން ޖެހުނީ އިޒްރޭލުން ގައްޒާގެ އާންމުންނަށް ހަމަލާ އަމާޒުކުރަމުންދާތީީ ކަމަށް ވިދާޅުވެފައިވާއިރު އެމެރިކާއިން އަދިވެސް ދަނީ އިޒްރޭލަށް އެހެނިހެން ހަތިޔާރުތައް ފޯރުކުރަމުން ނެވެ.

 

ހިޒްބުالل އިޒްރޭލް ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ