އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރިކަން ފެނިފައި ޖަރުމަނުގެ ކުރީގެ އަނިޔާވެރި ޑިކްޓޭޓަރު އެޑޯލްފް ހިޓްލަރު ދުނިޔޭގައި ހުރިނަމަ، އޭނާ ދެކެ ހަސަދަވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.
ގްރީސްގެ ނޫހަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުރުދުގާން މިހެން ވިދާޅުވީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ އަނިޔާވެރި ޑިކެޓޭޓަރުގެ ގޮތުގައި މަޝްހޫރުވި ހިޓްލަރުއާއި ނަތަންޔާހޫ އެއްގޮތް ކުރައްވަމުން ނެވެ.
”ނަތަންޔާހޫ ވަނީ އޭނާގެ ނަސްލު ނައްތާލުމުގެ އުސޫލުތަކުން ހިޓްލަރު ހަސަދަވެރިވާނެ ފެންވަރަކަށް ވާސިލްވެފަ. އަޅުގަނޑުމެން މިދައްކަނީ އެމްބިއުލާންސްތަކަށް އަމާޒުކޮށް، ކާބޯތަކެތި ބެހުމުގެ ތަންތަނާއި އިންސާނީ އެހީގެ ގާފިލާތަކަށް ބަޑިޖަހާ އިޒްރޭލުގެ ވާހަކަ“
🚨🇹🇷🇮🇱ERDOGAN: HITLER WOULD BE JEALOUS OF NETANYAHU
Comparing Gaza to a concentration camp, Turkey's president slammed Netanyahu and called for the international community to take further steps to stop the war.
"Is it possible to look at what Israel has inflicted on the people… pic.twitter.com/XWnI8O1foe
— Mario Nawfal (@MarioNawfal) May 12, 2024
ގައްޒާ ކޮންސެންޓްރޭޝަން ކޭމްޕަކާ އަޅާކިޔައި، ތުރުކީގެ ރައީސް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފަ އެވެ.
”އިޒްރޭލުން މަސްތަކެއް ވަންދެން ގައްޒާގެ ރައްޔިތުންނަށް ކުރި ކަންތައްތަކަށް ބަލައި، އިޒްރޭލުން ހޮސްޕިޓަލްތަކުގައި ބޮން ގޮއްވައި، ކުޑަކުދިން މަރާ، އާންމުންނަށް އަނިޔާކޮށް، މައުސޫމް މީހުން ކާނާއާއި ފެނާއި، ބޭހުން މަހުރޫމްކުރުމުގެ ކުށް ކުށްވެރިކުރުމަކީ ޝަރުއީ ގޮތުން ހުއްދަ ކަމެއް ކަމަށް ދެކިގެން ހުރެވޭނެ ހެއްޔެވެ؟“ އުރުދުގާން ސުވާލު ކުރައްވާފައި ވެއެވެ.
މާޒީގައި ހިޓްލަރު ކުރެއްވީ ކޮންކަމެއް ކަމެއްތޯ އުރުދުގާން ސުވާލު ކުރައްވާފައި ވެއެވެ. ހިޓްލަރު ވަނީ ޔޫރަޕްގެ ޔަހޫދީން ކޮންސެންޓްރޭޝަން ކޭމްޕްތަކަށް ގެންގޮސް އަނިޔާކޮށް މަރާލާފަ އެވެ. ގައްޒާ ހުޅުވިފައި ހުރި ޖަލަކަށް ބަދަލުކުރީ ހަމައެކަނި އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ފަހުން ނޫން ކަމަށާއި އިޒްރޭލުން ގައްޒާ ޖަލެއްގެ ގޮތުގައި ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެ ކަން އުރުދުގާން ފާހަގަކުރެއްވި އެވެ. އެތަނުގައި ތިބި މީހުން ކޮންސެންޓްރޭޝަން ކޭމްޕެއްގައި އަހަރުތަކެއް ވަންދެން އުޅެން މަޖުބޫރުކުރުވުމުން އިޒްރޭލު އެކަމަށް ކުށްވެރި ނުކުރެވުނީ ކީއްވެކަމާއި ދޭތެރޭ އުރުދުގާން ވަނީ ސުވާލު އުފައްދަވާފަ އެވެ.
އެމެރިކާގެ އިޒުނައާއި ނުލާ ރަފާއަށް ސިފައިން ފޮނުވުމަށްފަހު އެމެރިކާއިން އެކަމާ ނުރުހުން ފާޅުކުރުމުން ނަތަންޔާހޫ ވަނީ އޭނާއަށް އެހީވާނެ ބަޔަކު ނެތިއްޔާ ”އިނގިލިތަކުގެ ނިޔަފަތި އެކަނި ބޭނުންކޮށްގެންވިޔަސް“ ގައްޒާގައި ހަނގުރާމަ ކުރާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ސުންނާފަތިކޮށްފައިވާ ގައްޒާގެ އިންފްރާސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުން އެއްކޮށް ފޫބައްދާ، ކުރީގައި އެތަން ހުރި ވަރަށް އެންމެ އަވަހަށްވެސް އާރާސްތު ކުރެވޭނީ 2095 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.