ރައީސް މުއިއްޒު، ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. ހިންމަފުށީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންގެ ދުވަސްވީ ބޭނުމަކަށް އަމާޒުކޮށް، ކުނި ރައްކާތެރިކަމާއެކު އަދި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އާ ޚިދުމަތުގެ ސަބަބުން ރަށުގެ ތިމާވެށި ސާފުކޮށް، ސިއްޙަތަށް ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިވެ، ޤައުމީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ އާދަތައް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭނެ އެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔަ ނަމަވެސް، ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރުމަށް ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ހޭދަވާނެކަމަށް މައުލޫމާތު ލިބެ އެވެ.

ވެމްކޯއިން މިހާރު ވަނީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފަ އެވެ. މި އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫއަށްވެސް މި ޚިދުމަތް ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކުނި އުކާލުމުގެ ޚިދުމަތްވެސް މި ކުންފުނިން މިހާރު ވަނީ ފަށާފަ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޤައުމީ ޕްލޭނެއް ތަޢާރަފުކޮށްފަ އެވެ. މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ކުނި އުފެދޭ މަޞްދަރުން ފެށިގެން، އެ ކުނި ނައްތާލުމާ ހަމައަށް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އަދި ވަށާޖެހޭ ގޮތަކަށް ކުނި މެނޭޖްކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ