”އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އިން އިންސާނީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ގެނެސްދޭނެ ބަދަލުތަކުގެ މިންވަރު ދުނިޔެއަށް އަދިވެސް ފުރިހަމައަށް އިހުސާސް ނުކުރެވެއެވެ.“ މިއީ އަބޫދާބީގެ ސޮވްރިން ވެލްތު ފަންޑު މުބާދަލާގެ ސީއީއޯ ޚަލްދޫން އަލް މުބާރަކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. އޭ.އައި ގެ ޒަރީއާއިން އިންސާނީ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ، އިމޭޖް އަދި އޯޑިއޯ ރެކޮގްނިޝަން، އަދި ކޮމްޕިއުޓަރ ވިޝަން ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އަޅުގަނޑުމެން މީޑިއާއާ މުޢާމަލާތުކުރާ އަދި ބޭނުންކުރާ ގޮތް މުޅިން ބަދަލުވެގެން ގޮސްފައިވެއެވެ. އޭ.އައި ގެ އެހީގައި، ގިނަ އަދަދެއްގެ މަޢުލޫމާތު އަވަހަށް ޕްރޮސެސްކޮށް އަދި ދިރާސާކުރުމުގެ ޤާބިލުކަން ލިބިގެންދެއެވެ. މީގެ ސަބަބުން މަޢުލޫމާތު ހޯދައި އަދި އެއަށް ވާޞިލުވުން ފަސޭހަވެގެންދެއެވެ.
މި ޓެކްނޮލޮޖީގެ ތަރައްޤީއާ ގުޅިގެން، ސެމްސަންގުން އާ ގެލެކްސީ އެސް25 ސީރީޒްގެ ތިން ސްމާޓްފޯނެއް ތަޢާރަފުކޮށްފައިވެއެވެ. އެއީ ގެލެކްސީ އެސް25 އަލްޓްރާ، ގެލެކްސީ އެސް25 ޕްލަސް، އަދި ގެލެކްސީ އެސް25 އެވެ. މި ތިން މޮޑެލްގައިވެސް މައިގަނޑު ސްޕެސިފިކޭޝަންތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، ޚާއްޞަކޮށް އަލްޓްރާ މޮޑެލްގައި، އޭ.އައި ގެ ފީޗަރތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.
ކޮންމެ ފޯނެއްގައިވެސް ވަން ޔޫއައި 7 ބޭނުންކޮށްފައިވެއެވެ. މިއީ އަމިއްލައަށް ބައްޓަންކުރެވޭ އޭ.އައި އަށް ބާރުދޭ ޔޫޒަރ އިންޓަރފޭސްއެކެވެ. ސެމްސަންގުން ބުނާ ގޮތުގައި މިއީ އޭ.އައި އަކީ އޭގެ މައި ބައިކަމުގައި ބަލައިގެން އެންޑްރޮއިޑް ޑިޒައިންކުރުމުގެ ފެށުމެވެ.
ފާހަގަކޮށްލެވޭ އޭ.އައި ފީޗަރތަކުގެ ތެރޭގައި:
– މަލްޓިމޯޑަލް ޤާބިލިއްޔަތުތައް: ޓެކްސްޓް، ވާހަކަ، ފޮޓޯ އަދި ވީޑިއޯ އެއްފަހަރާ މާނަކުރުން
– ރަނގަޅުކުރެވިފައިވާ ގޫގުލް ސަރކަލް ޓު ސަރޗް
– ކޮންޓެކްސްޓް-އެވެއަރ އެކްޝަނަބަލް ސަރޗްތައް
– ސްމާރޓް އެޕް ސްވިޗިންގ
– ނެޗުރަލް ލެންގުއޭޖް ސަރޗް (ފޮޓޯތަކަށްވެސް)
– ފުޅާ ޖެމިނީ އިންޓެގްރޭޝަން
މި ފީޗަރތަކުގެ އިތުރުން އެހެނިހެން އައު ޓެކްނޮލޮޖީތައްވެސް ހިމެނިފައިވެއެވެ.
މުޅި ގެލެކްސީ އެސް25 ސީރީޒްގައިވެސް ހާޑްވެއަރގެ އެއްގޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ޕްރޮސެސިންގ ޕައިޕްލައިން ހިމެނެއެވެ. އޭ.އައި އަކީ ވަރަށް ބޮޑަށް ވަސީލަތްތައް ބޭނުންކުރާ ޓެކްނޮލޮޖީއަކަށްވާތީ، ގެލެކްސީ އެސް25 ސީރީޒްގައި ކޮލްކޮމް ސްނެޕްޑްރެގަން 8 ޖެނެރޭޝަން 3 ފޯ ގެލެކްސީ ޗިޕްސެޓް ހިމަނާފައިވެއެވެ. މިއީ ގެލެކްސީއަށް ޚާއްޞަކޮށް ބައްޓަންކުރެވުނު އެންމެ ވަރުގަދަ ޕްރޮސެސަރެވެ.
މި ކޮލްކޮމް ޗިޕްގެ ޚާއްޞިއްޔަތުތަކުގެ ތެރޭގައި:
– ނިއުރަލް ޕްރޮސެސިންގ އަށް 40% އިތުރު ކުޅަދާނަކަން
– 37% އަވަސް ސީޕީޔޫ ޕަރފޯމަންސް
– ކުރީގެ ޖީލާ އަޅާބަލާއިރު 30% އަވަސް ޖީޕީޔޫ
ބައްޓަންކުރުމުގެ ގޮތުން، ސެމްސަންގ އާއި ކޮލްކޮމް ގުޅިގެން މަސައްކަތްކޮށްފައިވަނީ ޚާއްޞަކޮށް އޭ.އައި އިމޭޖް ޕްރޮސެސިންގ ރަނގަޅުކުރުމަށެވެ. ގެލެކްސީ އެސް25 އަލްޓްރާ އަދި އެސް25+ ގައި ހުންނަ ޕްރޯސްކޭލަރ – އަސާސީ އެސް25 ގައި މި ފީޗަރ ނުހުންނާނެއެވެ – އިން އިމޭޖް ކޮލިޓީ 40% ރަނގަޅުކޮށްދޭނެއެވެ. އަދި އިމޭޖިންގ ޕައިޕްލައިންގައި ސެމްސަންގގެ ޚާއްޞަ ޑިޖިޓަލް ނެޗުރަލް އިމޭޖް އިންޖީނުގެ ޓެކްނޮލޮޖީ ހިމެނިފައިވެއެވެ.
އޭ.އައި ގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ފުޅާ ދާއިރާއެއްގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދެއެވެ. ވަޒީފާގެ މާޙައުލުގައި ވިޔަސް، ދިރިއުޅުމުގެ ކޮންމެ ދާއިރާއަކުން ވެސް އޭ.އައި ގެ އެހީތެރިކަން ލިބެމުންދެއެވެ. ސެމްސަންގގެ މި އައު ފޯނުތަކާއެކު ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.