ބޮލީވުޑް ތަރި ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ބޮލީވުޑް ތަރި ސައިފް އަލީ ޚާން (54) އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު 2:30 ހާއިރު، މުންބާއީގައި ހުރި އޭނާގެ ގެއަށް ވަދެގަތް ފަރާތަކާ ދިމާވި ހަމަނުޖެހުމެއްގައެވެ. ބަންޑްރާ ސިފައިން ބުނެފައިވަނީ މި ހާދިސާ ހިނގިކަމުގެ ކޯލް އައިސްފައި ވަނީ 3:00 ގައި ކަމަށާއި 3:30 ގައި ސައިފް ހޮސްޕިޓަލަށް ގެންދެވުނުކަމަށެވެ.

ސައިފް އަލީ ޚާންގެ 6 ތަނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ޒަޚަމަކީ އަނެއް ޒަޚަމުތަކަށް ވުރެ ފުން ޒަޚަމުތަކެކެވެ. އަދި އެއް ޒަޚަމު ވަނީ ބުރަކަށީގެ ކަށިގަނޑާ ކައިރިންނެވެ. މިވަގުތު އޭނާއަށް ދަނީ ލިލަވާތީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

”މިވަގުތު އޮޕަރޭޝަން ކުރިއަށްދަނީ…ގެއްލުމުގެ މިންވަރު ފުރިހަމައަށް ދެނެގަނެވޭނީ އޮޕަރޭޝަން ނިމުމުން.“ ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނިރާޖް އުއްތަމާނީ ވިދާޅުވި އެވެ.

ސައިފް އަލީ ޚާނަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން އަލީ ޚާން ޕަޓައުދީ އާއި އެކްޓްރެސް ޝަރްމީލާ ޓެގޯރުގެ ދަރިކަލުންނެވެ. އޭނާ ވަނީ 70 އަށް ވުރެ ގިނަ ފިލްމާއި ޓެލެވިޜަން ސީރީޒްތަކުގައި ތަމްސީލުކޮށްފައެވެ. އަދި ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވެ އެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށާއި، ހާދިސާ ހިނގި ތަނުން ފިލައިގެން ދިޔަ ފަރާތް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން، ފިލްމީ ދާއިރާގެ ފަންނާނުންނާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ވަނީ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާފަ އެވެ.

ބޮލީވުޑް އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ