2024 ވަނަ އަހަރު ދިވެހިންގެ މެދުގައި އެންމެ މަގުނޫލުވެގެން ދިޔަ ދެ ޝަހްސިއްޔަތަކީ މަޝްހޫރު ނެށުންތެރިޔާ އައިމިނަތު ޒާރާ އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އެވެ. ބޮޑު އީދުގެ ކުޅިވަރުތަކުން ދިވެހިންގެ ލޮލުގައި އަޅައިގަތް ޒާރާއާ ޝިޔާމް ކައިވެނި ބައްލަވާގަތީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ކުލަ ގަދަކޮށް ބޭއްވުނު ކައިވެނި ހަފްލާ، ސިޔާމްގެ އޮޅުވެލި ބީޗް ރިސޯޓުގެ އިތުރުން، ޒާރާގެ އުފަން ރަށް ބ. ކަމަދޫގައިވެސް ބޭއްވުނު އެވެ.
ޒާރާ އާއި ސިޔާމްގެ ލޯބީގެ ވާހަކަތައް މީޑިއާގައި ފުރަތަމަ ފެތުރެން ފެށީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ. އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ މި ކައިވެނި ވެގެންދިޔައީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެންޏަށެވެ. މި ކައިވެނީގެ ރަނަކީ ގެސްޓް ހައުސްއެއް ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް، އެނގިފައިވާ ގޮތުގައި ޒާރާގެ ރަނަކީ 2،024 ރުފިޔާ އެވެ.
މި ދެ ލޯބިވެރިިންގެ ކައިވެންޏަށްފަހު، އަޑުތައް މަޑުވެގެންދިއުމަށްފަހު އަނެއްކާވެސް މިވަނީ ދެ ލޯބިވެރިންނާއި ގުޅޭ އެހެން ވާހަކަތަކެއް ތިލަވާން ފަށައިފަ އެވެ. ހަޤީޤަތެއް ނޫންނަމަވެސް، މިފަހަރު ސޮޝަލް މީޑިއާގައި ފެންމަތިވެގެންގޮސްފައިވަނީ ކަންބޮޑުވާންޖެހޭ ފަދަ ވާހަކަތަކެކެވެ. އެއީ މަސްތުގެ ހާލަތުގައި ހުންނަވާ ސިޔާމް ޒާރާއަށް އަނިޔާކޮށް، ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެދުމަތިކުރި ކަމަށް ބުނެ ފެތުރުނު ވާހަކަ އެވެ.
ކައިވެންޏަށްފަހު، ސޯޝަލް މީޑިއާގައި ދައުރުވި މިވާހަކަތަކާ ގުޅިގެން، ޒާރާ ވަނީ އިންސްޓަގްރާމްގެ ސްޓޯރީއެއްގައި ސިޔާމްގެ ދިފާޢުގައި ވާހަކަދައްކާފަ އެވެ. ޒާރާ ބުނެފައިވަނީ ސިޔާމަކީ އެއްވެސް މީހަކަށް ގެއްލުމެއް ދޭ މިޖާޒެއް ހުންނަ މީހެއް ނޫން ކަމަށާއި، އޭނާގެ މަންމައަށް އިހްތިރާމްކުރާ އަދި ފުން ލޯތްބެއް ކުރާ މީހެއް ކަމަށެވެ. އަދި އެކަމުން އޭނާގެ މިޖާޒު ރަނގަޅަށް ދަށްކުވައިދޭ ކަމަށް ވެސް ޒާރާ ވަނީ ބުނެފަ އެވެ.
”އޭނާ [ޝިޔާމް] ގެ ކަރާމާތަށް މަލާމާތްކޮށް ތިރިކުރެވޭނެ ނަމަވެސް އެއީ ދުވަހަކުވެސް އޭނާގެ އަތުން ނަގާލެވޭނެ ކަމެއް ނޫން!“ ޝިޔާމް ދިފާއުކުރައްވާ ޒާރާ، ސޯސަލް މީޑިއާގައި ލިޔެފައިވެ އެވެ.
ޒާރާއަކީ ސިޔާމްގެ ދެވަނަ އަނބިކަނބަލުންނެވެ. ސިޔާމްގެ ފުރަތަމަ އަނބިކަނބަލުންނަކީ މޮރޮކޯ މީހެއް ކަމަށްވާއިރު، އެ ދެ މީހުންނަށް އެއްމާބަނޑު ދެ ދަރިން ލިބިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ކޮންމެގޮަތަކަށް، ކޮންމެ ވާހަކައެއް ފެތުރިނަމަވެސް، ޒާރާ، ޝިޔާމްދެކެވާ ލޯބި ސޯޝަލް މީޑިއާގައި ޝިޔާމްގެ ދިފާއުކުރައްވާ ދެއްކި ވާހަކަތަކުން އެކަނިވެސް ބުނެދެ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޒާރާ ބުނެފައިވަނީ ހަނދުގައި ޖެހިފައި ބިމުގައި ޖެހެންދެން ސިޔާމް ދެކެ ލޯބިވާނެ ކަމަށެވެ.
މި ހިސާބަށް އެނގެން ހުރި މައުލޫމާތުން އެނގޭ އެއްކަމަކީ ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދާ ވާހަކައަކީ ހަޤީޤަތެއް ނެތް ވާހަކަތެއްކެއް ކަމެވެ. ޝިޔާމާއި ޒާރާގެ ގުޅުން ފެށިގެން އައި ހިސާބުން ފެށިގެން، މިވަގުތާއި ހަމައަށްވެސް އެނގެން ހުރި މައުލޫމާތުތައް ބުރަވަނީ އުމުރުގެ ތަފާތު ހުއްޓަސް މިއީ ހަޤީޤަތުގައިވެސް ވަރަށް ލޯބިން އުޅޭ ދެ ފަރާތްކަމެވެ.