ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް ދަރިންނާއެކު ރާއްޖޭގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް އޭނާގެ ފިރިމީހާ ސައިފް އަލީ ހާނާއި ދެ ދަރިންނާއެކު އިއްޔެ ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

މި ދަތުރަކީ އިންޑިޔާގައި ފާހަގަކުރާ ދިވާލީގެ މުނާސަބަތާ ގުޅުވައިގެން ކުރި ދަތުރެއްކަން އެނގިފައިވެ އެވެ.

ކަރީނާއާއެކު އޭނާގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޖޭހް ސައިފް އަލީ ހާނާއި ތައިމޫރް ސައިފް އަލީ ހާންވެސް ރާއްޖެ އައިސްފައިވާކަން ފާހަގަކުރެވެ އެވެ. ކަރީނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފަ އެވެ. މީގެ ތެރޭގައި މޭކަޕް ނުކޮށް އިން ފޮޓޯއެއްވެސް ހިމެނެ އެވެ.

ނަމަވެސް، މި ދެމަފިރިން މަޑުކޮށްގެން ތިބި ރިޒޯޓެއްގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކަރީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ބޮލީވުޑްގެ އަރަމުންދާ ދެބެއިން ކަމުގައިވާ ކުޝީ ކަޕޫރްއާއި އޭނާގެ ދައްތަ ޖާންވީ ކަޕޫރްވެސް މިވަގުތު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނެވެ.

މި ދަތުރުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ރާއްޖެ ޒިޔާރަތްކުރުމުން، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެ އެވެ. މީގެ އިތުރުން، މި ދަތުރުން ރާއްޖޭގެ މަންޒިލުތަކަށް އިތުރު ޝަޢުޤުވެރިކަމެއް އުފެދި، ގިނަ ބަޔަކު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށްވެސް ލަފާކުރެވެ އެވެ.

ބޮލީވުޑް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ