ވަން ޑައިރެކްޝަންގެ ކުރީގެ ލަވަ ކިޔުންތެރިޔާ ލިއާމް ޕެއިން މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާރޖެންޓީނާގެ ވެރިރަށް ބުއޭނޯސް އައިރެސްގައި ހުރި ހޮޓަލެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި، ދުނިޔެއަށް މަޝްހޫރު ބޮއިބޭންޑް ”ވަން ޑައިރެކްޝަން“ ގެ ކުރީގެ މެންބަރު ލިއާމް ޕެއިން (31 އަހަރު) މަރުވެއްޖެ އެވެ.

ހޮޓަލުގެ މެނޭޖަރ ބުނީ ހޮޓެލް ގެ ފުރަގަހުން ބާރު އަޑެއް ގޮވި އަޑު އިވިގެން ދިޔަ އިރު ޕެޓިއޯގައި ލިއާމް ގެ ހަށިގަނޑު ފެނުން ކަން ބުނެފަ އެވެ. އެމަރޖެންސީ މަސައްކަތްތެރިން ވަނީ އޭނާގެ މަރު ކަށަވަރުކޮށްދީފަ އެވެ.

އާރޖެންޓީނާ ޕޮލިހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޕަލޭމޯ ސަރަހައްދުން މަސްތުވާތަކެއްޗާއި ރާ ބޭނުންކުރާ މީހެއްގެ ރިޕޯޓެއް ވެސް ލިބިފައި ވި ނަމަވެސް އެއީ ލިއާމް ކަމެއް ކަށަވަރެއް ނޫނެވެ.

ލިއާމްގެ މިއުޒިކްގެ ދަތުރު ފެށުނީ 2010 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވުނު ”އެކްސް ފެކްޓަރ“ މުބާރާތުގައި ބައިވެރިވެ، އެ ޝޯއިން އުފެދުނު ”ވަން ޑައިރެކްޝަން“ ގްރޫޕާ ގުޅުމާ އެކުގަ އެވެ. މި ގްރޫޕްގައި ލިއާމްގެ އިތުރުން ހެރީ ސްޓައިލްސް، ޒޭން މަލިކް، ނަޔަލް ހޮރަން އަދި ލުއިސް ޓޮމްލިންސަން ހިމެނެ އެވެ. ނަމަވެސް 2016 ވަނަ އަހަރު ގްރޫޕްގެ މެންބަރުން ވަކިވެ، މިހާރު ދަނީ އަމިއްލަ ލަވަތައް ނެރެމުންނެވެ.

އެމްޓީވީގެ ލެޓިން އެމެރިކާ ބްރާންޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”ވަރަށް ދެރަ ޚަބަރެއް. ލިއާމްގެ އާއިލާއަށާއި ގާތް މީހުންނަށް މި އުނދަގޫ ދަނޑިވަޅުގައި ހިތްވަރުކޮށް ކެތްތެރިކަން ދަމަހައްޓަން“ އެދޭކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިއާމްގެ ފޭނުންނާއި މިއުޒިކް ދާއިރާގެ އެކި ފަރާތްތަކުން ދަނީ ހިތާމައާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިނގިރޭސި ވިލާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ