”ވޯރލްޑް ވައިޑް ހެންޑްސަމް“ ޖިން ގެ ސޯލޯ އަލްބަމް ނޮވެމްބަރުގަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދެކުނު ކޮރެއާގެ މަޝްހޫރު ކޭ ޕޮޕް ގްރޫޕް ބީޓީއެސް ގެ މެމްބަރު ޖިން ގެ ސޯލޯ އަލްބަމް ނޮވެމްބަރ މަހު ނެރެން ތައްޔާރުވާން ފަށައިފި އެވެ.

ކޮރެއާގެ ނޫސް މަޖައްލާއެއްކަމަށްވާ ޓެން އޭޝިއާއިން ބުނީ ބީޓީއެސް ގެ މެމްބަރ ސޯކް ޖިން ގެ ސޯލޯ އަލްބަމް ނޮވެމްބަރ މަހުގައި ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަސްކަރީ ހިދުމަތްތައް ފުރިހަމަ ކުރުމަށްފަހު އެނބުރި ޖޫން 12 ވަނަ ދުވަހު އައުމަށްފަހު، ޖިން ވަނީ ސޯލޯ އަލްބަމްގެ މަސައްކަތްތައް ފަށާފަ އެވެ. ޖިން ވަނީ 2021 ވަނަ އަހަރު ”ސުޕަރ ޓޫނާ“ ކިޔާ ލަވައެއް މަޖާޒީ ގޮތަކަށް ނެރެފައެވެ. ނަމަވެސް މި ލަވައަށް ގިނަބެއްގެ ތަރުހީބު ލިބި ގިނަ ޗާރޓު ތަކުގެ އެއްވަނައަށް ވަނީ އަރާފަ އެވެ. މީގެ ފަހުން އޮކްޓޯބަރ 11 2024 ވަނަ ދުވަހު ޖިން ވަނީ މި މަޝްހޫރު ލަވަ ”ސުޕަރ ޓޫނާ“ ގެ އެކްސްޓެންޑެޑް ވާރޝަން ނެރެ 2021 ވަނަ އަހަރު ނެރުނު ވާރޝަން ޑިލީޓް ކޮށްލާފަ އެވެ. އަދި މި ލަވަ މިހާރު ވަނީ އައިޓިއުންސް ޗާރޓުގެ އެއްވަނައަށް އަރާފަ އެވެ. މި ލަވައަށް ދަނީ ބީޓީއެސް އާރމީ އަދި ގިނަ ފަރާތްތަކުގެ ތަރުހީބު ލިބެމުން ނެވެ.

ޑެއިލީ ސްޕޯރޓްސް އިން ބުނި ގޮތުގައި ބިގްހިޓް މިއުޒިކް އިން ވަނީ ޖިން ގެ ސޯލޯ އަލްބަމް ނެރޭނެ ކަމަށް ކަށަވަރު ކޮއްދީފަ އެވެ.

”ޖިން މިހާރުދަނީ ނޮވެމްބަރ މަހަށް އަލްބަމް ނިންމުމަށް ތައްޔާރީތައްވަމުން، އިތުރު ތަފްސީލްތައް ހުރިހާ ކަމެއް ތައްޔާރު ވުމުން ހިއްސާ ކުރާނަން“

ބީޓީއެސް ގެ ފޭނުން ކަމަށްވާ އާރމީ އިން ދަނީ ސޯޝަލް މީޑިއާގައި މިކަމަށް އުފާފާޅު ކުރަމުން ނެވެ. އަސްކަރީ ހިދުމަތްތަކަށް 13 ޑިސެމްބަރ 2022 ދިޔުމުގެ ކުރިން ޖިން ވަނީ ސޯލޯ ލަވަ ”އެސްޓްރޮނޯޓް“ އޮކްޓޯބަރ 28 2022 ވަނަ ދުވަހު ނެރެފަ އެވެ.

ކޭޕޮޕް ދެކުނު ކޮރެއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ