އައިފާ 2024ގެ އެންމެ މޮޅު ތަރިންނަކީ ޝާހު އާއި ރާނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދުބާއީގައި ބޭއްވި މި އަހަރުގެ އައިފާ އެވޯޑް ޝޯގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑު ދެ ކެޓަގަރީއިން ބަތަލާ ރާނީ މުކަރުޖީ އާއި އެކްޓަރު ޝާހްރުކް ޚާންއަށް ލިބިއްޖެ އެވެ.

ރާނީއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު ”މިސިޒް ޗެޓަޖީ ވާސަސް ނޯވޭ“ގައި ކުޅުނު ރޯލަށެވެ. އަދި ޝާހުއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމު ”ޖަވާން“ގައި ކުޅުނު ރޯލަށެވެ.

ރާނީއަށް މި އަހަރުގެ އައިފާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ ރޯލް ލިބިފައި މިވަނީ މި އަހަރުގެ ފިލްމްފެއަ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާނީއަށް ދީފައި ނުވާތީ ގިނަ ބަޔަކު ފާޑުކިޔާފައި ވަނިކޮށެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑާ ހަވާލުވުމަށް ފަހު ރާނީ ބުނެފައި ވަނީ ކުރިއަށްއޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އިންޑިއާގެ އަންހެންވެރީންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަހަލަ ރޯލްތައް ކުޅުމަށް ކަމަށެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު ”މިސިޒް ޗެޓަޖީ ވާސަސް ނޯވޭ“ ނޮމިނޭޓްވެ ބަތަލާއަށް އެވޯޑު ލިބުމަކީ ދުނިޔޭގެ ގިނަ ބަޔަކު ފިލްމު ބަލައިގަނެފައިވާކަން ދޭހަކޮށްދޭ ކަމެއް ކަމަށް ރާނީ ވަނީ ބުނެފަ އެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ހަވާލުވަމުން ޝާހު ވަނީ އެ ކެޓަގަރީއަށް ނޮމިނޭޓްވި އެކްޓަރުން ކަމަށްވާ ރަންވީރު ސިންގް، ރަންބީރު ކަޕޫރު، ވިކީ ކޯޝަލް، ސަނީ ޑިއޯލް އަދި ވިކްރާންތު މަސޭއަށް މަރުހަބާ ކިޔާފަ އެވެ.

އެ ހުރިހާ އެކްޓަރުން ނޮމިނޭޓްވި ފިލްމުތަކުގައި ވެސް ދެއްކި އެކްޓިންގް ހުނަރަށް ތައުރީފު ކުރަމުން ޝާހު ބުނީ މި އަހަރުގެ އައިފާ އެވޯޑު ކާމިޔާބު ކުރެވުނީ ދިގު މުއްދަތަކަށްފަހު ބެލުންތެރިންނަށް ޝާހުގެ ފިލްމެއް ގެނެވުމުން ކަމަށް ގަބޫލުކުރާ ކަމުގަ އެވެ.

ބޮލީވުޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ