ރޮމޭންޓިކް އަންހެނުންނަށް: ކިތަންމެ ހިތްކިޔަސް، މަރުވަންދެން އިހުސާސްތައް ފޮރުވާ!

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިބާ ލޯބިވާ ނުވަތަ ހިތްކިޔާ މީހަކު، ތިބާއަށް އޭނާގެ ހިތުން ކުޑަމިނުން ޖާގައެއް ނުދިނުމަކީ ދުނިޔެ ނިމުނީ ކަމުގައި ދެކިގެން ނުވާނެ އެވެ. އަދި ހަމައެހެންމެ، އެފަދަ މީހަކު ތިބާއާމެދު ވަގުތީގޮތުން ގާތްކަން ދެއްކުމުން ލިބޭ ކުޑަ އުންމީދަކީވެސް ބޮޑު އުންމީދެއް ކަމުގައި ދެކިގެން ނުވާނެ އެވެ. ހަމައެކަނި ވަގުތީ ލޯބީގެ އިޙްސާސްތަކުން ދައްކުވައިދޭ މީރު ހުވަފެންތަކަށް ހެއްލިގެން ނުވާނެ އެވެ.

މިފަދަ އިހްސާސްތަކަކީ ހަގީގީ ލޯތްބެއް ނޫނެވެ. މިއީ ހަމައެކަނި ވަގުތީ އިހްސާސްތަކެކެވެ. ނުވަތަ ހިތުގައި އުފެދިފައިވާ ހުސްކަން ފޫބެއްދުމަށް ވިސްނުމަށް ވަދެފައިވާ ހިޔާލެކެވެ. އެހެންކަމުން، މީހަކު ތިބާއާމެދު އެކަށީގެންނުވާ ގޮތަކަށް ޢަމަލުކުރާއިރު، އެ މީހަކަށް ތިބާގެ ލޯބި އިތުރުކުރަން މަސައްކަތް ކުރާނީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ މީހުންދެކެ އެއް މިންވަރަކަށް ލޯބިވުމަކީ އެއީ ތަބީއީ ކަމެއް ނޫނެވެ.

ތިބާ އެ މީހަކު ދެކެ މުޅިން ފޫހިވެދާނެ ދުވަހެއް އަންނާނެކަމާމެދު ޝައްކެއް ނުކުރާށެވެ. އަންހެނުންނަކީ އެކަށީގެންވާ ސަމާލުކަމެއް ނުލިބިއްޖެނަމަ، އެ މީހެއްގެ ކިބައިން ދުރަށް ދާނެ ބައެކެވެ. އަދި ހަމައެހެންމެ، ގަޔާވާ ފިރިހެން މީހާ އެ އިޙްސާސްތައް ރައްދު ނުކޮށްފިނަމަ، ދިގު މުއްދަތެއް ފާއިތުވިޔަސް އެ މީހަކާމެދު ފޫހިވެދާނެ ބައެކެވެ.

ބޭކާރު ގޮތެއްގައި އިހްސާސްތައް ފާޅުކުރުމުން، ތިބާގެ އަމިއްލަ ނަފްސަށް ކުރާ އިހްތިރާމާއި އިތުބާރު ދަށްވެދާނެ އެވެ. ނަމަވެސް، އެ މީހަކީ ތިބާ ދެކެ ރަހްމަތްތެރިކަމަށްވުރެ ބޮޑަށް ލޯބިވާ މީހެއްނަމަ، ނުވަތަ އޭނާ ތިބާގެ ލޯބި ގަބޫލުކުރާނެކަން ޔަގީންނަމަ، އެ ގުޅުމުގެ ފަށްޓަ އަޅައި، ލޯބި ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.

 

ކުރީގެ ލޯބިވެރިޔާ ނުވަތަ ގަޔާވާ މީހާއާ މެދު ވިސްނާއިރު، އަންނަނިވި ކަންކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. އިންސާނީ ހިތަކީ އަބަދުވެސް އެއް ހާލަތެއްގައި ހުންނަ އެއްޗެއް ނޫނެވެ. މިއަދު ބޭނުންވާ އެއްޗެއް މާދަމާ ނުބޭނުންވެދާނެ އެވެ.

ސަމާސާ ކުރުން

މީހަކާ ގުޅިފައި ނެތްނަމަ، އެ މީހަކާ މެދު ޝައުގުވެރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭނަމަ، އެ މީހަކާ ދުރުހެލިވުމަށް މަސައްކަތްކުރުން މުހިންމެވެ. އެންމެ ފުރަތަމަ ކަމަކަށް، ކޮންމެހެން ބޭނުން ނޫން ވާހަކަތައް އެ މީހަކާ ނުދެއްކުމަށް ސަމާލުވާންވާނެ އެވެ. މެސެޖްކުރުމާއި ފްލާޓްކުރުން މުޅިން ހުއްޓާލަންވާނެ އެވެ. އަދި އެ މީހަކު ކިތަންމެ ފްލާޓްކުރި ނަމަވެސް، އެކަމަށް އިޖާބަ ނުދިނުން މުހިންމެވެ.

ރޮމޭންސް ކުރަން ނޭނގެންޏާ، ’ތެންކް ޔޫ ނެކްސްޓް‘ ބުނެލާ

ރޮމެންޓިކް ހިޔާލުތަކަކީ ހަމައެކަނި ޒުވާން އަންހެނުންނަށް އަންނަ އެއްޗެއް ނޫނެވެ. ފިރިހެނުންގެ ސިކުނޑީގައިވެސް މިފަދަ ހިޔާލުތައް އުފެދެ އެވެ. ނަމަވެސް، އާންމު ގޮތެއްގައި އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ރޮމޭންޓިކް ބައެކެވެ. ރޮމޭންސްއަކީ ކޮންމެހެން ހިޔާލީ ކަންތައްތަކެއް ކުރުމެއް ނޫނެވެ. އަދި އަބަދުވެސް ހަދިޔާ ދިނުމެއްވެސް ނޫނެވެ. ނަމަވެސް، ގަޔާވާ މީހާ ތިބާ ބޭނުންވާ ކަންކަމަށް ސަމާލުކަން ނުދޭނަމަ، ތިބާ އޭނާ ދެކެ ގަޔާވާކަން ވީހާވެސް ސިއްރުކުރަން މަސައްކަތް ކުރުން މުހިންމެވެ. މިއީ އެހެން މީހެއްގެ ލޯތްބަށް އެދި ސަލާން ޖަހަންޖެހޭ ޒަމާނެއް ނޫނެވެ. އެހެންކަމުން، އެ މީހެއްގެ ހުށަހެޅުމަށް ޝުކުރު އަދާކޮށް، އެހެން ފުރުސަތުތަކާ މެދު ވިސްނުން ރަނގަޅެވެ.

ބައެއް ފިރިހެނުންގެ ވިސްނުމުގައި، އަންހެނަކު މީހަކު ދެކެ ލޯބިވެ ގަޔާވާ ހިސާބުން، އޭނާ އުމުރަށް ފޫހިނުވެ ހުންނާނެ ކަމަށް ގަބޫލުކުރެ އެވެ. މިފަދަ ފިރިހެނުން އަމިއްލަ ކަންކަމަށް ވަގުތު ހޭދަކޮށް، ކުރިން ދެމުން އައި ސަމާލުކަން ދިނުން މަދުކުރާނެ އެވެ. މިހެން ވަނީ ދެމީހުންނަށް އެއްވަރަކަށް ލޯބި ނުވެވޭތީ އެވެ. މި ވިސްނުމުގައި ތިބޭ ފިރިހެނުންނަށް ވަކި ހިސާބަކުން ހައިރާންކުރުވަނިވި ތަޖުރިބާއެއް ކުރިމަތިވާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ، ފުރަތަމަ ދިމާވާއިރުވެސް، ހައްދުފަހަނައަޅާ ވަރަށް ސަމާލުކަން ނުދިނުމެވެ.

ސެޓްވުމަށްފަހު ރޮމޭންސް ގެއްލެނީތަ؟

އިންސާނާ ދުނިޔެއަށް އުފަންވަނީ އަންހެނެއްގެ ކެތްތެރިކަމުން ނެވެ. އަންހެނުންނަކީ ކެތްތެރި ބަޔަކަށް ވީނަމަވެސް، ފިރިހެނުންނަށް ހަމްދަރުދީވެ، ލޯތްބަށް އިންތިޒާރުކުރަންވާނީ ވަކި މިންވަރަކަށެވެ. ތިބާގެ ’ކްރަޝް‘ އާ ދޭތެރޭ ގަޔާވާކަން އޭނާއަށް ޔަގީންވެފައިވާނަމަ، އޭނާ ތިބާ ދެކެ ލޯބިވިޔަސް، އަޅާލާ މިންވަރު ދަށްވަމުންދާނެ އެވެ. ކައިވެނީގެ ދެތިން އަހަރު ފަހުން، ކުރީގައި ކުރިވަރަށް ރޮމޭންޓިކް އަމަލުތައް މަދުވެގެންދާނެ އެވެ. ކުޑަ މިންވަރަކަށްވެސް ރޮމޭންޓިކް ޢަމަލުތައް ދެއްކުމަށް އިހުމާލުވާ ފިރިހެނެއްގެ އަތުން ލޯބިވެރިޔާ ނުވަތަ އަނބިމީހާ ދުރުވެގެންދާނެ ދުވަހެއް އަންނާނެ އެވެ.

ތިބާ އެހެން މީހަކު ދެކެ އިންތިހާއަށް ތަފާތުކޮށް ލޯބިވާނެ ނުވަތަ ގަޔާވާނެ ކަމަށް ހީވާނަމަ، އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެންކަމުން، އިހުސާސްތައް ފާޅުކުރުމަށް އެކަށީގެންނުވާ މީހަކަށް އިހުސާސްތައް ހާމަނުކުރުމަށް ސަމާލުވާންވާނެ އެވެ. ތިބާގެ ހިތުގެ އިހުސާސްތައް ބަދަލުވާނެ ދުވަހެއް ނާންނާނެކަން ކަށަވަރުކުރެވޭނީ ކިހިނެއްތޯ އެވެ؟

ހިތުގެ އިހުސާސްތަކަށް މާބޮޑަށް ދޫދިނުމުގެ ސަބަބުން، ފަހުން ހިތާމައިގެ ވޭނުން ސަލާމަތްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ހަގީގީ ލޯބިވެރިޔާ ފެންނަންދެން، މިހާރު ތިވާ ވަގުތީ ޝައުގުވެރިކަން ފާޅުނުކޮށް ސިއްރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އޭނާއާ ކުޑަކޮށް ރައްޓެހިވެ، މުއާމަލާތް ކުރިކަމުގައިވިޔަސް، ދުނިޔޭގައި އެހެން ފިރިހެނުންވެސް ތިބިކަން ހަނދާންކުރުން މުހިންމެވެ. މި ކުރު މުއްދަތުގެ ލޯބީގެ ވާހަކަ، ފަހުން ހަނދާންކޮށްލަން ރީތި ހަނދާނެއްގެ ގޮތުގައި ބޭއްވުމަކީ ކިހާ ރަނގަޅު ކަމެއްތޯ އެވެ؟

ވައްޓަފާޅި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ