މިއަހަރު ތެރޭގައި ނެޓްފްލިކްސްއަށް ތައާރަފްވެގެން ބޮޑު ކާމިޔާބީއެއް ހޯދި ވެބްސީރީސް ”ހީރާމަންޑީ“ ގެ ތަރި ރީޗާ ޗައްޑާއަށް އަންހެން ކުއްޖެެއް ލިބިއްޖެ އެވެ.
ރީޗާ، 37، އާއި އޭނާގެ ފިރިމީހާ، ބަތަލު އަލީ ފަޒަލްގެ ފުރަތަމަ ދަރިފުޅު އުފަންވީ ޖުލައި 16 ގަ އެވެ.
ސޯޝަލް މީޑިއާގައި މި އުފާވެރި ހަބަރު ހިއްސާ ކޮށްފައިވަނީ ބުރާސްފަތި ދުވަހުގަ އެވެ. އެ ޕޯސްޓުގައި އެމީހުން ވަނީ ދެފަރާތުގެ އާއިލާއިންވެސް އެދެމަފިރިންނަށް އަންހެން ދަރިއަކު ލިބުމުން އެކަމާއި އުފާކުރާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެދެމީހުން ވަނީ އެ ޕޯސްޓުގެ ކޮމެންޓްސް ސެކްޝަން އޮފް ކޮށްފަ އެވެ. ރީޗާ ބުނީ އެއީ އެދެމީހުންގެ އަމިއްލަ ކަމަކަށްވާތީ އެކަމާއި އެއްވެސް މީހެއްގެ ބަހެއް މިވަގުތު ހޯދަން ބޭނުން ނުވާތީ ކަމަށެވެ.
ރީޗާއާއި އަލީ އެންމެ ފުރަތަމަ ދިމާވީ ”ފުކްރޭ“ ފިލްމުގެ ޝޫޓިން ތެރެއިން ނެވެ. އެދެމީހުން ކައިވެނިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގައި އެވެ.