ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް: ފުޓްސަލް ޗެމްޕިއަންކަން ޑީސީޖޭ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ފެނަކަ ދިއްގަރު ރެކްރިއޭޝަން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ޑީސީޖޭ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރީ ފުރަތަމަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޑީސީޖޭ ފައިނަލަށް ދަތުރުކުރީ ސެމީ ގައި ރާގޮނޑި ރައިޑާސް ބަލިކުރުމަށްފަހުއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު އަލީ ޖެހި ލަނޑާއެކު، ޑީސީޖޭ އިން ވަނީ މެޗުގެ ފެށުން ރަނގަޅުކޮށްފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ފެނަކައިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ޑީސީޖޭ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އިބްރާހިމް ރިއްފަތު އާއި އަހުމަދު މަމްދޫހު އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީސީޖޭގެ މުހައްމަދު އަލީ އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ އަހުމަދު މިދުހަތު މަހުމޫދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިދުހަތުގެ އިތުރުން އެ ޓީމުގެ މަމްދޫހާއި، މުހައްމަދު ޝަޔާން އަބްދުއް ޝުކޫރު އަދި ފެނަކަ ޓީމުގެ އިކްރާމް ހުސައިން އާއި އިސްމާއިލް ޒަޔާން ސުލައިމާނެވެ.

މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ފެނަކަ ޓީމުގެ އަބްދުﷲ ހުޒާމް ފަހީމް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެ ޓީމުގެ ޝަވާއިޒް މުހައްމަދު ޝިފާއު އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ ފަސް ލަނޑު ޖަހާފައެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޑީސީޖޭގެ މުހައްމަދު ފާއިޒް އެވެ. ފެއާ ޕްލޭ ޓީމަކީ ކްލަބް އަލިއެންޒާ އެވެ.

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ