ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް: ބެންކޮކް ރަނިން ފައިނަލަށް، ޓީއޯއެފް އާއި ވަން ޓަޗް ސެމީއަށް

Advertisement

އެންމެ ފަސް

Advertisement

މ.ދިއްގަރުގައި މިހާރު ކުރިޔަށްދާ ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ބެންކޮކް ރަނިން ދަތުރުކުރިއިރު، ޓީއޯއެފް އާއި ވަން ޓަޗުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއުރު، ބެންކޮކް ރަނިންނާއި ޓީއޯއެފް އަށް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ. ބެންކޮކް ރަނިންނަށް އެއްވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ރޭ ވަން ޓަޗް އަތުން ޕޮއިންޓެެއް ހޯދައިގެން ޓީއޯއެފް އަށް ފައިނަލުން ޖާގަ ލިބޭނެއެވެ. ނަމަވެސް، އެ ޓީމު ވަނީ ވަން ޓަޗް އަތުން ބަލިވެފައެވެ.

ރޭގެ ފުރަތަމަ މެޗުގައި އެޗްއެޗްބީ އިން ވަނީ 12-3 ގެ ނަތީޖާއަކުން ނޯ ޗޮއިސް ބަލިކޮށް، ސެމީގެ ޖާގަ ހޯދުމާ ގާތަށް ޖެހިލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްއެޗްބީގެ މުޒްނާ އަބްދުއް ރަޝީދެވެ.

އެޗްއެޗްބީ އިން ހަ ޕޮއިންޓާއެކު، ގިނަ ލަނޑުތަކެއް ޖެހުމުން ވަން ޓަޗަށް ތަފާތު ބޮޑު ނަތީޖާއަކުން ޓީއޯއެފް ބަލިކުރަން މަޖުބޫރުވިއެވެ. އެ ޓީމަށް ސެމީ އިން ޖާގަ ލިބެން އޮތީ 10 ލަނޑުގެ ތަފާތަކުން މޮޅުވެގެނެވެ.

ވަން ޓަޗުން ވަނީ މޮޅު ކުޅުމެއް ދައްކައި، 21-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީއޯއެފް ބަލިކޮށް ސެމީގެ ފަހު ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވަން ޓަޗްގެ ފާތިމަތު އަހުމަދެވެ.

މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގައިވެސް ވާދަކުރާނީ ވަން ޓަޗާއި ޓީއޯއެފް އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ