ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް: ފުޓްސަލް ފައިނަލުގައި ފެނަކަ އާއި ޑީސީޖޭގެ ކުރިމަތިލުމެއް

Advertisement

އެންމެ ފަސް

Advertisement

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ފެނަކަ ދިއްގަރު ރެކްރިއޭޝަން ކްލަބާއި ޑީސީޖޭ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.

ފެނަކަ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ނުވަ ޕޮއިންޓު ހޯދައި އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ޑީސީޖޭ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލުގައި 4-2 ގެ ނަތީޖާއަކުން ރަގޮނޑި ރައިޑާސްގެ މައްޗަށް ކުރިހޯދުމަށްފަހު އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އަހުމަދު މިދުހަތު މަހުމޫދު ވަނީ ލަނޑެއް ޖަހައި ޑީސީޖޭ އަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފުގައި އަހުމަދު އަމީތު ޖެހި ލަނޑާއެކު ރާގޮނޑި ރައިޑާސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެފަހުން، އަހުމަދު މަމްދޫހު ޖެހި ލަނޑާއެކު ޑީސީޖޭން ވަނީ ދެވަނަ ފަހަރަށް ކުރިހޯދާފަ އެވެ.

މަމްދޫހު ލަނޑު ޖެހިތާ ކުޑަ ވަގުތުކޮޅެއް ފަހުން މިދުހަތު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ޑީސީޖީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް، އަހުމަދު ފާރިޝް ޖެހި ލަނޑާއެކު ރާގޮނޑި ރައިޑާސް އިން ވަނީ އަނެއްކާވެސް ފަރަގު ކުޑަކޮށްފަ އެވެ.

މެޗު ނިމެން ގާތް ވެފައިވަނިކޮށް މޫސާ ސަމީހު އަލީ ޖެހި ލަނޑާއެކު، ޑީސީޖޭ އިން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީސީޖޭގެ މަމްދޫހެވެ.

ލީގު ބުރުގައި ޑީސީޖޭ އާއި ފެނަކަ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެނަކަ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ