ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް: ޓީއޯއެފް އަށް ވަރުގަދަ ފެށުމެއް، އެޗްއެޗްބީ އިން އުއްމީދު އައުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގައި ޓީއޯއެފް އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، އެޗްއެޗްބީ އިން މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.

ޓީއޯއެފް އިން ވަނީ، މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައިވާ ބެންކޮކް ރަނިންގެ މައްޗަށް ކުރިހޯދާފަ އެވެ. ރޭ ކުޅުނު މި މެޗު ޓީއޯއެފް އިން ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.

ޓީއޯއެފް އާއި ބެންކޮކް ރަނިން ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. ޓީއޯއެފް އިން މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީއޯއެފްގެ ހަދީޖަތު ރީމާ އަލީ އެވެ.

ރޭގެ ދެވަނަ މެޗުގައި އެޗްއެޗްބީ އިން ވަނީ 8-5 ގެ ނަތީޖާއަކުން ވަން ޓަޗްގެ މައްޗަށް ކުރިހޯދާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޗްއެޗްބީގެ މުޒްނާ އަބްދުއް ރަޝީދެވެ.

ހޭންޑްބޯޅަ މުބާރާތުގެ ހަތަރު މެޗު ނިމުނުއިރު، ނޯ ޗޮއިސް ފިޔަވާ ދެން ހުރި ހުރިހައި ޓީމަކަށް ވަނީ ތިން ޕޮއިންޓު ލިބިފަ އެވެ.

ފުޓްސަލް މުބާރަތް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު ކުޅޭނީ ހޭންޑްބޯޅަ މެޗުތަކެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޯ ޗޮއިސް އާއި ޓީއޯއެފް އެވެ. ދެވަަނަ މެޗުގައި ބެންކޮކް ރަނިން ނިކުންނާނީ ވަން ޓަޗް އާ ދެކޮޅަށެވެ.

ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ރާގޮނޑި ރައިޑާސް ނިކުންނާނީ ޑީސީޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ކްލަބް އެލެންޒާ ބައްދަލުކުރާނީ ފެނަކަ ދިއްގަރު ރެކްރިއޭޝަން ކްލަބާ އެވެ.

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ