އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ޕާޓްނަރަކަށް ދިރާގު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބާއްވާ ޓެނިސްގެ ބައިނަލްއަގުވާމީ އެންމެ ބޮޑު މުބާރާތް، އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭއޭއެމް) އާއި ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދިރާގުގެ ޑިރެކްޓާ އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް، މިރުޝާން ހަސަން ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ އައިޓީއެފްގެ މުބާރާތައްވުމުން، މިއީ ތާރީހީ މުބާރާތަކަށް ވެގެންދާނެ ކަމަށެވެ.

މިރުޝާން އިތުރަށް ވިދާޅުވީ، ދިރާގަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށާއި ތަފާތު ކުޅިވަރުތަކަށް ސަޕޯޓް ކުރައްވާ ކަމަށެވެ. އޭގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުން ކުރިއެރުވުމާއި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް މިރުޝާން ވިދާޅުވިއެވެ.

ރާއްޖޭގައި ޓެނިސްގެ ހާލަތު މިހާރު އޮތް ގޮތާމެދު ވާހަކަ ދައްކަވަމުން މިރުޝާން ވިދާޅުވީ ޓެނިހަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ސަރަހައްދީ މުބާރާތްތަކުގައި ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށެވެ. އަދި މި މުބާރާތުގެ އެންމެ ހާއްސަ އެއް ކަމަކީ، 24 ގައުމަކުން ކުޅުންތެރިން އައުމާއެކު، ރާއްޖެގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތަކާއި ތަޖިރިބާއެއް ލިބުން ކަމުގައި މިރުޝާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މި މުބާރަތުގެ ސަބަބުން ރާއްޖެ ޕްރޮމޯޓް ވާނެ ކަމަށެވެ.

ދިރާގަށް ސަޕޯޓެއް ކޮށްދެވޭތީ އުފާކުރައްވާ ކަމަށާއި، އުއްމީދަކީ ފުރިހަމަކޮށް މުބާރާތް ކުރިޔަށް ގެންދެވި، ރަނގަޅު ހޮސްޕިޓަލިޓީއެއް ދެވި، ބޭރުން އަންނަ ހުރިހައި މީހުނަށް ރާއްޖެ އައުމަށް އިތުރު ހިތްވެރެއްވެސް ދެވޭނެ ކަމަށް މިރުޝާން ވިދާޅުވިއެވެ.

މާލޭގައި ކުރިޔަށްދާ މި މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

 

އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ