ކެލްވާޓް-ލެވިން، ލީޑްސް އަށް ބަދަލުވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އެވަޓަންގެ ކުރީގެ ފޯވާޑް، ޑޮމިނިކް ކެލްވާޓް-ލެވިން ލީޑްސް ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ޖެހިލައިފިއެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ، ނުވަ އަހަރު ދުވަހު އެވަޓަންގައި ހޭދަކުރުމަށްފަހު އެ ކްލަބް ދޫކޮށްލީ މިއަހަރުގެ ޖޫން މަހު އެވެ. އޭނާ ބުނީ، އެވަޓަން ދޫކޮށްލުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ލީޑްސް އަކީ މި ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައިވާ ޓީމެކެވެ.

ކެލްވާޓް-ލެވިން ވަނީ އެވަޓަން އަށް ކުޅުނު 273 މެޗުން 71 ލަނޑު ޖަހާފައެވެ. 2016 ވަނަ އަހަރު ޝެފީލްޑް ޔުނައިޓެޑުން އެވަޓަން އަށް އޭނާ ބަދަލުވީ 1.5 މިލިއަން ޕައުންޑަށެވެ.

ލީޑްސްގެ ފޯވާޑުންގެ ގޮތުގައި މިވަގުތު ތިބީ ޖޯލް ޕިރޯ އާއި ލޫކަސް ންމެޗާ އެވެ. އެ ޓީމުގެ ޕްލޭންގައި ޕެޓްރިކް ބެމްފޯޑް ނުހިމެނޭ ކަމަށް ކޯޗު ބުނެފައިވާއިރު، މަޓެއޯ ޖޯސެފް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މަޔޯކާ އަށް ބަދަލުވެފައެވެ.

ކެލްވާޓް-ލެވިންގެ އެންމެ ރަނގަޅު ސީޒަން އަކީ 2020-21 އެވެ. އެ ސީޒަނުގައި އޭނާ ވަނީ 33 މެޗުން 16 ލަނޑު ޖަހާފައެވެ. މީގެއިތުރުން، އޭނާ އަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރި އިންގްލެންޑް ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުމާއެކު، އޭނާގެ ފޯމަށް އަސަރުކޮށްފައިވާއިރު، މިދިޔަ ސީޒަނުގައި އޭނާއަށް ލިބުނީ މަދު ފުރުސަތު ތަކެކެވެ.

2021 ވަނަ އަހަރާ ހަމަޔަށް އިންގްލެންޑަށް 11 މެޗު ކުޅެ ހަތަރު ލަނޑު ޖެހި ފަހުން، އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ލިބިފައެއް ނުވެއެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ