ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވުމަށް މިއަދު ހުޅުވާލިއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ހަތަރުވަނަ ދުވަހު އެވެ. މުބާރާތް ހުޅުވާލެވިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށެވެ. ރަށު ކައުންސިލުން ބައިވެރި ނުވާނަމަ، އެންމެ ފަހުން ޓީމު ބައިވެރިކުރި މެނޭޖްމަންޓަށް ފުރުސަތު ލިބޭނެ އެވެ. އަދި އެފަރާތުންވެސް ބައިވެރިނުވާނަމަ، އައު މެނޭޖްމަންޓަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުބާރާތް އިއުލާނުކުރިއިރު، މިފަހަރު ވަނީ ގަވައިދަށް އިސްލާހެއް ގެނެސްފަ އެވެ. އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށް ފަހު ރަށް ބަދަލު ކޮށް ގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން ވަނީ ތިން އަހަރަށް ބަދަލުކޮށްފަ އެވެ. އަދި ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ކުޅެން ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކ. ކާށިދޫ އިންނެވެ. ކުރިޔަށް އޮތީ ގޯލްޑަން ފުޓްސަލްގެ 10 ވަނަ މުބާރާތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ