ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާއްމުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާއްމުކޮށްފި އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ހަ ކުޅުންތެރިން ވާދަކުރާއިރު، އޭގެތެރޭގައި ލިވަޕޫލްގެ ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ އެލެކްސިސް މެކް އަލިސްޓާ އާއި ސަލާހު އެވެ. ސަލާހު ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފަ އެވެ.

ސަލާހު ވަނީ މި ސީޒަނުގައި 29 ލަނޑު ޖަހައި، 18 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. އޭނާ ވަނީ މީގެކުރިން ދެ ފަހަރު މި އެވޯޑް ހޯދާފަ އެވެ.

ނިއުކާސަލްގެ ފޯވާޑް، އެލެކްސަންދާ އިސާކް މި އެވޯޑަށް ވާދަކުރާއިރު އޭނާ ވަނީ 42 މެޗުން 27 ލަނޑު ޖަހާފަ އެވެ. އޭނާ ވަނީ ނިއުކާސަލް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޔުނައިޓެޑުން ތާވަލުގެ 15 ވަނައިގައި ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ޝޯޓް ލިސްޓުގައި ހިމެނިފަ އެވެ. އޭނާ ވަނީ އަށް ލަނޑު ޖަހައި 10 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ އިތުރު ދެ ކުޅުންތެރިންނަކީ ޗެލްސީގެ ކޯލް ޕާމާ އާއި އާސެނަލްގެ ޑެކްލަން ރައިސް އެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ