ލޮރެންޒޯ ބަލިކޮށް ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ޓީއެފްޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އީދު ބައިބަލާ ޗެލެންޖުގެ ފައިނަލުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް، ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް ކުޅެފައިވަނީ ރޭގައެވެ. އެގޮތުން، ފުރަތަމަ ސެމީގައި ބައްދަލުކުރީ ޓީއެފްޓީ އާއި ކްލަބް ކާސިންޖީ އެވެ. ޓީއެފްޓީން ވަނީ ސީދާ ދެ ގޭމުން ކާސިންޖީ ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.

ރޭގެ ދެވަނަ ސެމީގައި ލޮރެންޒޯ ބައްދަލުކުރީ، އަލަށް މި މުބާރާތުގައި ވާދަކުރި ޒެޕޯ އާއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ގޭމު ކާމިޔާބުކުރީ ޒެޕޯ އިންނެވެ. ނަމަވެސް، ލޮރެންޒޯ އިންވަނީ ފެންވަރު ދައްކާލައި ދެވަނަ ގޭމު ކާމިޔާބުކޮށް، ގަދަހިފުމަށް ގޮސްފައެވެ. އެޔަށްފަހު، ގަދަހިފުމުގައި ރެޕޯ ބަލިކޮށް، ލޮރެންޒޯ ވަނީ ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ.

ރޭ ކުޅުނު ފައިނަލް މެޗު، ޓީއެފްޓީން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މިއީ ޓީއެފްޓީން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ މުބާރާތުގެ މިސްޓާ ބައިބަލާ އަކީ ލޮރެންޒޯގެ އަބްދުﷲ ނިޝާން (އަބޯ) އެވެ. މިއީ އަބޯ މިސްޓާ ބައިބަލާގެ ލަގަބު ހޯދި ތިންވަނަ ފަހަރެވެ.

އީދު ބައިބަލާ ޗެލެންޖް 1446

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ