ސޮސިއެޑާޑް ބަލިކޮށް ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލުން ވަނީ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު، އިތުރު ވަގުތުގެ ދެ ހާފު ކުޅުމަށްފަހު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. މިއާއެކު، ފައިނަލުން ޖާގަ ލިބުނީ ރެއާލް އަށެވެ.

ރޭގެ މެޗު ފެށިގެން 16 ވަނަ މިނެޓުގައި ބަރެނޭޗާ ވަނީ ލަނޑެއް ޖަހައި ސޮސިއެޑާޑަށް ކުރިހޯދަދީފައެވެ. ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި އެންޑްރިކް ވަނީ ލަނޑު ޖަހައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 72 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު، ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ސޮސިއެޑާޑަށް ވަނީ އަލުން ލީޑު ލިބިފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން މިކޭލް އޮޔާޒަބާލް ވަނީ ލަނޑު ޖަހައި ސޮސިއެޑާޑަށް އެގްރިގޭޓް ނަތީޖާއިން ކުރިހޯދަދީފައެވެ.

ރެއާލުން ވަނީ ފަހުވަގުތާ ހަމަޔަށް ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން، 82 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ލަނޑު ޖަހައި ރެއާލަށް އުއްމީދު އައުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އައުރެލިއަން ޗުއަމެނީ ޖެހި ލަނޑާއެކު ރެއާލުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދަދީފައެވެ.

މެޗުގެ އިތުރު ވަގުތުގައި އޮޔާޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައި، އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެންޓޮއިން ރުޑިގާ ވަނީ ލަނޑު ޖަހައި، ރެއާލް ފައިނަލަށް ގެންގޮސްދީފައެވެ.

މި މަހުގެ 26 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ރެއާލް ނިކުންނާނީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

 

ރެއާލް މެޑްރިޑް ސްޕެނިޝް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ