ޕެނަލްޓީގައި މަތިވެރި ބަލިކޮށް ވާދޫ ސެމީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-8 ގެ ނަތީޖާއަކުން އއ. މަތިވެރި ބަލިކޮށް، ގދ. ވާދޫން ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަބްދުﷲ އާހިލް އަލީ ވަނީ ލަނޑު ޖަހައި ވާދުއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން މަތިވެރިން ވަނީ ގާތްގާތު ދެ ލަނޑު ޖަހައި، ލީޑު ނަގާފައެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ޝަފުރާޒް އާއި ޕަވާ ޕްލޭގައި ގޯލް ކީޕަރަށް ކުޅެން އަރައި ހުރި މުހައްމަދު އިމްރާން އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އަލީ އަލްސަން ވަނީ ލަނޑެއް ޖަހައި މަތިވެރިއަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން މުހައްމަދު ނާއިލް ވަނީ ލަނޑެއް ޖަހައި، ވާދުއަށް އުއްމީދު އައުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗު ނިމެން އިރާން ކޮށްލާފައެވެ. މަތިވެރިން ލީޑު ނެގިތާ 10 ސިކުންތު ފަހުން އަޔާޒް އަހުމަދު (އަޔާ) ވަނީ ލަނޑު ޖަހައި، ވާދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ. ވާދޫން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ޝައިހާން ޖަލީލް، މުހައްމަދު އިޔާދު އަލީ، ޔަޒްދާން އިބްރާހިމް އަދި އާހިލް އެވެ. މަތިވެރިން ޕެނަލްޓީ ކާމިޔާބު ކުރެވުނީ އަލްސަން އާއި އަހުމަދު ފިރާޝް (ކަހޫ) އަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަޔާ އެވެ.

ސެމީ ފައިނަލުގައި ހުކުރު ދުވަހުގެރޭ ވާދޫ ނިކުންނާނީ ކ.ކާށިދޫ އާ ދެކޮޅަށެވެ.

 

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ