ދުވާފަރު ބަލިކޮށް އިނގުރައިދޫން ޒޯން ޗެމްޕިއަންކަން ހޯދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭއްގެ ފައިނަލުގައި ރޭ 4-2 ގެ ނަތީޖާއަކުން ރ. ދުވާފަރު ބަލިކޮށް، ރ. އިނގުރައިދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި މި ދެ ޓީމު ވަނީ ހަތަރު ފަހަރު ބައްދަލުކޮށްފައެވެ. އެއީ އަތޮޅު ބުރުގެ ގުރޫޕް ސްޓޭޖާއި ފައިނަލުގެ އިތުރުން ޒޯން ލީގު ބުރު އަދި ފައިނަލް މެޗެބވެ. މި ހަތަރު މެޗުންވެސް އިނގުރައިދޫން ވަނީ ދުވާފަރުގެ މައްޗަށް ކުރިހޯދާފައެވެ.

ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދުއަށް ކުރިހޯދަދީފައެވެ. އަދި ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަހުމަދު މަޝީދު ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، އިތުރު ވަގުތުގައި ހަސަން އަޒޫމް ޖެހި ދެ ލަނޑާއެކު ދުވާފަރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މުހައްމަދު މަމްދޫހު ވަނީ އަނެއްކާވެސް އިނގުރައިދުއަށް ކުރިހޯދަދީފައެވެ. އަދި ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) ގެ ލަނޑާއެކު އެ ޓީމުން ވަނީ ލީޑުފުޅާކޮށް، މެޗު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް އަދި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހާއްޕެ އެވެ.

ގަދަ 16 ބުރުގައި އިނގުރައިދޫ ބައްދަލުކުރާނީ އެންމެ ފަހުގެ ރަނަރަޕް، ލ.ގަމާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ