އެމްބާޕޭގެ ހެޓްރިކާއެކު ރެއާލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ހެޓްރިކާއާއެކު 3-0 ގެ ނަތީޖާއަކުން ރެއާލް ވަލޮޑޮލިޑް ބަލިކޮށް، ރެއާލް މެޑްރިޑުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ވަލޮޑޮލިޑްގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ލަނޑު ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. ރެއާލުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 57 ވަނަ މިނެޓުގައި ރޮޑްރިގޯ ދިން ޕާހަކުން އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ އިތުރު ވަގުތުގައި ވަލޮޑޮލިޑްގެ އޭރިއާ ތެރެއިން ބެލިންހަމް އަށް މާރިއޯ މާޓިން ކުރި ފައުލަކާ ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ފައުލާ ގުޅިގެން މާޓިން އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އަދި ޕެނަލްޓީ ކާމިޔާބުކޮށް، އެމްބާޕޭ ވަނީ ރެއާލްގައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ލީގުގައި އެމްބާޕޭ ވަނީ މިހާތަނަށް 15 ލަނޑު ޖަހާފައެވެ. 16 ލަނޑާއެކު ލިސްޓުގެ އެއްވަނައިގައި އޮތީ ބާސެލޯނާގެ ތަރި، ރޮބަޓް ލެވަންޑޯސްކީ އެވެ. މުޅި ސީޒަނުގައި އެމްބާޕޭ ވަނީ މިހާތަނަށް 22 ލަނޑު ޖަހާފައެވެ.

އެތުލެޓިކޯ މެޑްރިޑް އެއްވަރު ވުމާއެކު ރެއާލުން ވަނީ އޭގެ ފައިދާ ނަގާފައެވެ. އެއްވަނައިގައި ރެއާލް އޮތީ 49 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އެތުލެޓިކޯ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

ރެއާލް މެޑްރިޑް ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ