ވުލްވްސް އަތުން އާސެނަލްއަށް ހަނި މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ އާސެނަލް އިން ވުލްވްސް އަތުން 1-0 ގެ ނަތީޖާއަކުން ހަނި މޮޅެއް ހޯދައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ލެވިސް-ސްކެލީއަށް ވަނީ ރަތް ކާޑު ދައްކައި ދަޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ވުލްވްސްގެ ޑިފެންޑަރު، މެޓް ޑޮހާޓީއަށް ކުރި ފައުލަކާ ގުޅިގެނެވެ. މިއާއެކު އާސެނަލް އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

އުމުރުން 18 އަހަރާއި 121 ދުވަހުގެ ލެވިސް ސްކެލީ ވެފައިވަނީ ޕްރިމިއާ ލީގުގެ މެޗެއްގައި ރަތް ކާޑު ދެއްކި ތިންވަނައަށް ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާއަށްވުރެ ހަގު އުމުރުގައި ރަތް ކާޑު ދައްކާފައިވަނީ ވޭން ރޫނީ އާއި މައިކަލް އޯވެން އަށެވެ.

އާސެނަލް އިން ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އޭގެ ފައިދާ ނުނެގުނީސް ވުލްވްސްގެ ޖޮއާއޯ ގޮމެސް އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެޗުގެ 70 ވަނަ މިނެޓު އާސެނަލްގެ ޓިމްބާއަށް ކުރި ފައުލަކާ ގުޅިގެނެވެ.

މި މެޗުން އާސެނަލް މޮޅުކޮށްދިން ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިކާޑޯ ކަލަފިއޯރީ އެވެ.

އާސެނަލް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 47 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 53 ޕޮއިންޓާއެކުއެވެ.

އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ