ގޯލްޑަން ފުޓްސަލް ޗެލެންޖް: ކަނޑިތީމު ބަލިކޮށް މިލަންދޫން ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ށ.އަތޮޅު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމު ބަލިކޮށް، މިލަންދޫން ފުރަތަމަ ފަހަރަށް އަތޮޅު ތަށި ކާމިޔާބުކޮށްފިއެވެ.

މިލަންދޫން ތާރީހީ ފުރަތަމަ ތަށި ކާމިޔާބުކުރީ ހުރިހައި މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާއެކުއެވެ. އެގޮތުން، މިލަންދޫން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމު ކައިރިން ދެފަހަރު މޮޅުވެފައެވެ.

މިއަދު ހަވީރު ހުޅުމާލޭ ރެހެނދި ދަނޑުގައި ކުޅުނު ފައިނަލް މެޗު ފެށިގެން 11 ވަނަ މިނެޓުގައި އިބްރާހިމް ނަދާދު ވަނީ ލަނޑެއް ޖަހައި ކަނޑިތީމަށް ކުރިހޯދަދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އަހުމަދު ޝާނީ ވަނީ ލަނޑެއް ޖަހައި މިލަންދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މިލަންދޫން ވަނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޝާނީ، އިބްރާހިމް ޒާހީ އަދި އިސްމާއިލް ފަތުހީ އެވެ. ކަނޑިތީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހަމައެކަނި އިސްމާއިލް ނިހާންގެ ޕެނަލްޜީ އެވެ.

ށ. އަތޮޅު ބުރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ މިލަންދޫގެ ޝާނީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ