ލޯނު އެއްބަސްވުމެއްގެ ދަށުން ވޯކާ އޭސީ މިލާނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ލޯނު އެއްބަސްވުމެއްގެ މެންޗެސްޓާ ސިޓީގެ ކެޕްޓަން ކައިލް ވޯކާ، އިޓަލީގެ އޭސީ މިލާނަށް ސޮއިކުރަން ނިންމައިފިއެވެ.

ސިޓީއަށް 316 މެޗު ކުޅެދީފައިވާ ވޯކާ މިލާނަށް ބަދަލުވުމަށް ހަމަޖެހިފައިވަނީ މި ސީޒަނުގެ ބާކީ ދުވަސް ތަކަށެވެ. އަދި ލޯނު އެއްބަސްވުން ހަމަވުމުން، މިލާނަށް އެ ކުޅުންތެރިޔާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މިލާނާއެކު މެޑިކަލް ހެދުމަށް މިހާރު އޭނާ ވަނީ އިޓަލީއަށް ދަތުރުކޮށްފައެވެ.

ވޯކާ އެންމެ ފަހުން ސިޓީއަށް ކުޅެފައިވަނީ މި މަހު ހަތަރުވަނަ ދުވަހު ވެސްޓް ހޭމް އާ ދެކޮޅަށެވެ. އެ މެޗަށް ފަހު އޭނާ ވަނީ އެހެން ޓީމަކަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ސައުދީ ޕްރޯ ލީގަށް ދިއުމުގެ ބަދަލު އިޓަލީ ލީގަށް ބަދަލުވާން ނިންމާފައެވެ.

އޭސީ މިލާނުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް، އިޓަލީގެ ގަވައިދުގައިވާ ގޮތުން، މި ޓްރާންސްފާ ބާޒާރުގައި ކޮންމެ ޓީމަކަށްވެސް ގެނުވޭނީ އިނގިރޭސި ވިލާތުގެ އެންމެ ކުޅުންތެރިއެކެވެ.

2017 ވަނަ އަހަރު ޓޮޓެންހަމް އިން ސިޓީއަށް ވޯކާ ބަދަލުވީ 50 މިލިއަން ޕައުންޑަށެވެ. އެޔަށްފަހު އޭނާ ވަނީ ސިޓީއާއެކު ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ވޯކާ ވަނީ އިންގްލެންޑް ގައުމީ ޓީމަށް 93 މެޗު ކުޅެދީފައެވެ. ސިޓީގެ ކެޕްޓަނަކަށް އޭނާ ހަމަޖެއްސީ މިދިޔަ ސީޒަނުގައެވެ.

އޭސީ މިލާން މެންޗެސްޓާ ސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ