ފަހަތުން އަރައި ބެންފީކާ ބަލިކޮށް ބާސެލޯނާ ގަދަ 16 ބުރަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރައި 5-4 ގެ ނަތީޖާއަކުން ބެންފީކާ ބަލިކޮށް ބާސެލޯނާ އިން ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފިއެވެ.

ބެންފީކާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ވަންޖެލިސް ޕަވްލީޑީސް ވަނީ ލަނޑެއް ޖަހައި ބެންފީކާއަށް ކުރިހޯދަދީފައެވެ. ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޕަވްލީޑީސް ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި، ހެޓްރިކް ފުރިހަމަ ކުރުމަށްފަހު ބެންފީކާއަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފައެވެ. ޕަވްލީޑީސް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކުރުމަށްފަހުއެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބުކުރި ލަނޑާއެކު ބާސެލޯނާއަށް އުއްމީދު އައުވިއެވެ. ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މިއާއެކު ބެންފީކާއަށް ވަނީ ދެ ލަނޑުގެ ލީޑެއް އަލުން ލިބިފައެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އަނބުރަލީ ފަހު 12 މިނެޓުގެ ތެރޭގައެވެ. އެ ޓީމަށް ލިބުނު އިތުރު ޕެނަލްޓީއެއް ކާމިޔާބުކޮށް ލެވަންޑޯސްކީ ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެރިކް ގާސިއާ ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާ މޮޅުކޮށްދިނީ ރަފީނިއާއެވެ.

މި ނަތީޖާއާއެކު ބާސެލޯނާއިންވަނީ ގަދަ 16 ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. ޖުމްލަ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ.

ބާސެލޯނާ ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ