ފަވަގުތު ނޫނޭޒް ޖެހި ދެ ލަނޑާއެކު ލިވަޕޫލަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުވަގުތު ޑާވިން ނޫނޭޒް ކާމިޔާބުކުރި ދެ ލަނޑާއެކު ލިވަޕޫލުން 2-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށްފިއެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި ޑޮމިނިކް ސޮބޮސްލާއި ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މުޅިން ހުސްކޮށް އޮވެ، ލުއިސް ޑިއާޒް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

ބްރެންޓްފޯޑުން މުޅި މެޗުގައިވެސް ކުޅުނީ ޑިފެންސިވް ކުޅުމެކެވެ. އެ ޓީމުން ލަނޑު ޖެހުމަށް މަސައްކަތް ކުރީ ކައުންޓަ އެޓޭކްތަކުގައެވެ. ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލް މޮޅުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް ނޫނޭޒް އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އޭނާ ލަނޑު ޖަހާފައިވަނީ ޓްރެންޓް އެލެކްސަންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލުން ވަނީ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. އަދި ބްރެންޓްފޯޑް އޮތީ ތާވަލުގެ 11 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ