ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު އެއް ޓީމު އޮތީ ތައްޔާރަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމުގައިވާ ”ގޯލްޑަން ފުޓްސަލް ޗެލެންޖް“ ގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ތ. ތިމަރަފުށިން މިއަހަރުގެ މުބާރާތައް ވަރުގަދަޔަށް ތައްޔާރުވެއްޖެއެވެ.

ތިމަރަފުށިން ވަނީ މި މުބާރާތުގެ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ތިމަރަފުށިން ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ ތަށި ދިފާއުކުރެވުނު ހަމައެކަނި ޓީމަކީވެސް ތިމަރަފުށްޓެވެ. އެ ޓީމުން މި މުބާރާތް ކާމިޔާބުކުރީ 2016، 2019 އަދި 2022 ވަނަ އަހަރުއެވެ. ތިމަރަފުށިން 2019 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބ. އޭދަފުށި ބަލިކުރުމަށްފަހުއެވެ. އަދި 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކ، ގާފަރުގެ މައްޗަށް ކުރިހޯދުމަށްފަހުއެވެ.

ތިމަރަފުށްޓަކީ އަތޮޅު ބުރާއި ޒޯން ބުރުގައިވެސް ތަފާތު ދައްކަމުން އަންނަ ޓީމެކެވެ. އެގޮތުން، ތިމަރަފުށިން ވަނީ 2016، 2017، 2018، 2019، 2022 އަދި 2024 ގެ އަތޮޅު ބުރާއި 2016 އިން 2022 އާ ހަމަޔަށް ކުޅުނު ހުރިހައި މުބާރާތެއްގައި ޒޯން ބުރުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ތިމަރަފުށީގެ ކެޕްޓަން ބޭންޑް އަޅާނީ ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ އިބްރާހިމް ސިނާހު (ސިނާ) އާއި އިބްރާހިމް އަސްވަދު (ގަބޭ) ގެ އިތުރުން އާދަމް ނާސިހު (އާދަންނާ) އެވެ. ޓީމުގެ ކޯޗަކީ ޝަހީން (ޕޮޓޭ) އެވެ. ޓީމުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގެ އެންމެ މުހިންމު އެއް ދައުރު އަދާކޮށްފައިވަނީ ކޯޗު އައްޔަ އެވެ.

މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ތިމަރަފުށިން ހަތަރު މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 22:00 ގައި ނިކުންނާނީ ކިނބިދޫ އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 14 ވަނަ ދުވަހު ބައްދަލުކުރާނީ ދިޔަމިގިއްޔާއެވެ. އަދި ތިންވަނަ މެޗުގައި ވިލުފުށްޓާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި ބައްދަލުކުރާނީ އޮމަދޫ އާއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ