ފަހަތުން އަރައި ޔުވެންޓަސް ބަލިކޮށް މިލާން ފައިނަލަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް، އޭސީ މިލާނުން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އެޓަލަންޓާ ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުންނެވެ. 2022 ވަނަ އަހަރުގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ އިންޓަ މިލާނުންނެވެ.

ރޭގެ މެޗަކީ މިލާންގެ ކޯޗު ކަމުން ޕައޮލޯ ފޮންސޭކާ ވަކިކުރުމަށް ފަހު، ސާޖިއޯ ކޮންސެސާއޯ ހަަމަޖެއްސި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ކޮންސެސާއޯ ޓީމާ ހަވާލުވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޔުވެންޓަސް އިންނެވެ. މެޗު ފެށިގެން، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކުރިހޯދައިދިނީ ކެނާން ޔިލްޑީޒް އެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 70 ވަނަ މިނެޓުގައި މިލާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ މިލާންގެ ކްރިސްޓިއަން ޕުލިސިޗަށް ޔުވެންޓަސްގެ މެނުއަލް ލޮކަޓެލީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ޕުލިސިޗް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ނަތީޖާ އެއްވަރު ކުރުމަށްފަހު މިލާނަށް ވަނީ މެޗު ކާމިޔާބުކުރުމަށް އިތުރު ހިތްވަރެއް ލިބިފައެވެ. އެގޮތުން، އެ ޓީމުން ވަނީ ގިނަ ވަގުތުތަކެއް ނުވަނީސް އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެއީ މިލާންގެ ޔޫނުސް މޫސާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ ފެޑެރީކޯ ގައްޓީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. މި ދެ ޓީމަކީ އިޓަލީ ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމެވެ.

އިޓާލިއަން ކަޕް އޭސީ މިލާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ