ފަހަތުން އަރައި ބްރެންޓްފޯޑް ބަލިކޮށް އާސެނަލް ދެވަނައަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް އާސެނަލް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ބުކަޔޯ ސަކާ އާއި ކައި ހަވާޓްޒް ކުޅެފައެއް ނުވެއެވެ. ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އަދި ހަވާޓްޒްއަށް ރޭ ނުކުޅެވުނީ ބަލިވުމުގެ ސަބަބުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އުމުރުން 17 އަހަރުގެ އީތަން ންވަނޭރީއެވެ. މިއީ ޕްރިމިއާ ލީގު މެޗެއްގެ ފުރަތަމަ 11 ގައި ންވަނޭރީ ހިމެނުނު ފުރަތަމަ ފަހަރެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބްރަޔާން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހައި ބްރެންޓްފޯޑަށް ކުރިހޯދަދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ އާސެނަލް ޓީމު ކުރިޔަށް ޖެހިގެން ކުޅުނު ވަގުތެއްގައި ބްރެންޓްފޯޑުން ކުރި ކައުންޓަ އެޓޭކެއްގައެވެ،

އާސެނަލް އިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ގަބްރިއެލް ޖީސޫސްއެވެ. އެއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި މިކޭލް މެރީނޯ ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ފުރަތަމަ ފަހަރަށް ކުރިހޯދަދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ އަލުން ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. އެއްވަނައިގައި ލިވަޕޫލަށް 18 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ