ޗެލްސީ އަތުން އިޕްސްވިޗަށް ތާރީހީ މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، އިޕްސްވިޗް ޓައުން އިން 22 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވެއްޖެއެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އިޕްސްވިޗް މީގެކުރިން މޮޅުވެފައިވަނީ 2002 ވަނަ އަހަރު އެޕްރިލް މަހު މިޑްލްސްބަރާ އަތުންނެވެ. އަދި އޭގެ މަހެއް ފަހުން އެ ޓީމު ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ. އެޔަށްފަހު އެ ޓީމު އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓުވީ މި ސީޒަނުގައެވެ.

ރޭގެ މެޗު ފެށިގެން 12 ވަނަ މިނެޓުގައި އިޕްސްވިޗަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ޗެލްސީގެ އޭރިއާ ތެރެއިން ލިއަމް ޑެލަޕް އަށް ޗެލްސީގެ ކީޕަރު ފިލިޕް ޖޯގެންސަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް ޑެލަޕް ވަނީ އިޕްސްވިޗަށް ކުރިހޯދަދީފައެވެ.

ޗެލްސީން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. އެއީ ކޯލް ޕާމާ ނަގައިދިން ހުރަހަކުން ޖޮއާއޯ ފެލިކްސް ޖެހި ލަނޑެކެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. ފުރަތަމަ ހާފު ނިމުނުއިރު އިޕްސްވިޗް ކުރީގައި އޮތީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ޗެލްސީއަށް ކުރިން ކުޅުނު އޮމާރީ ހަޗިންސަން ވަނީ ލަނޑެއް ޖަހައި އިޕްސްވިޗަށް ލީޑު ފުޅާކޮށްދީފައެވެ.

އަމިއްލަ ދަނޑުގައި ޕްރިމިއާ ލީގު މެޗަކުން އިޕްސްވިޗް އެންމެ ފަހުން މޮޅުވިއިރު، ޑެލަޕް އާއި ހަޗިންސަން އުފަންވެފައެއް ނުވެއެވެ، މި ދެ ކުޅުންތެރިންނަކީވެސް 2003 ވަނަ އަހަރު އުފަންވި ދެ ކުޅުންތެރިންނެވެ.

ޗެލްސީ މިވަގުތު އޮތީ 35 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އަދި އިޕްސްވިޗް އޮތީ 15 ޕޮއިންޓާއެކު 18 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ