ޔުނައިޓެޑް ރެލިގޭޓް ވުމުގެ ފުރުސަތު އެބައޮތް: އަމޮރިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، މި ސީޒަނުގައި ރެލިގޭޓްވުމުގެ ފުރުސަތު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް ބުނެފިއެވެ.

ޔުނައިޓެޑް ވަނީ 45 އަހަރުތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ވިދިވިދިގެން ތިން މެޗުން ބަލިވެފައެވެ. ރޭ ނިއުކާސަލް އަތުން ބަލިވިއިރު، އޭގެކުރިން ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަދި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެފައެވެ.

ރޭ ނިއުކާސަލް އަތުން ބަލިވުމާއެކު ޔުނައިޓެޑުގެ ހާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ސީޒަން ދެބައި ވެފައިވާއިރު އެ ޓީމު އޮތީ 22 ޕޮއިންޓާއެކު 14 ވަނައިގައެވެ. ރެލިގޭޝަން ޒޯނާއި ޔުނައިޓެޑާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަމޮރިމް ބުނީ ޓީމު ރެލިގޭޓް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ސަޕޯޓަރުންނަށް ޓީމު މިވަގުތު އޮތް ހާލަތު ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިކަމުގައި އޭނާގެ މައްސަލަވެސް އޮތް ކަމަށާއި، ޓީމަށް ކުރިއެރުމެއް ނުލިބޭ ކަމަށް އަމޮރިމް ބުންޏެވެ.

ޑިސެންބަރު މަހު ޔުނައިޓެޑް ވަނީ ހުރިހައި މުބާރާތެއް ހިމެނޭހެން ޖުމްލަ ހަ މެޗުން ބަލިވެފައެވެ. އަދި ނޮވެންބަރު 24 ވަނަ ދުވަހު ޔުނައިޓެޑްގެ ކޯޗުކަމާ އަމޮރިމް ހަވާލުވިފަހުން، ޕްރިމިއާ ލީގު ޓީމުތަކުގެ ތެރެއިން ޔުނައިޓެޑަށްވުރެ ގިނަ މެޗުން ބަލިވެފައިވަނީ ހަމައެކަނި ސައުތެމްޓަންއެވެ.

ރޭގެ މެޗުން މޮޅުވެ، ނިއުކާސަލް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ