ސިޓީން ހާލަންޑުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ: ގާޑިއޯލާ

Advertisement

އެންމެ ފަސް

Advertisement

މެންޗެސްޓާ ސިޓީން އެ ޓީމުގެ އެންމެ އިތުބާރުހުރި ފޯވާޑް، އާލިން ބްރައުޓް ހާލަންދުގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ސީޒަނުގެ ލަނޑު ލިސްޓުގެ ދެވަނައިގައި 13 ލަނޑާއެކު ހާލަންޑު އޮތްނަމަވެސް، އެންމެ ފަހުން ކުޅުނު 13 މެޗުން އޭނާއަށް ޖެހިފައިވަނީ ހަތަރު ލަނޑެވެ. ސިޓީ ޓީމުގެ ދަށް ފޯމާއެކު، ހާލަންޑަށްވެސް ވަނީ އޭގެ އަސަރު ކޮށްފައެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ސިޓީއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މިއާއެކު އެ ޓީމު ވަނީ ޕްރިމިއާ ލީގު ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ.

އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ވަނީ ހާލަންދުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އޭނާ ބުނީ، ހާލަންޑު ރަނގަޅު ފޯމަކަށް ގެނައުމަށް، ޓީމުން އޭނާގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭ ކަމަށެވެ. މީގެއިތުރުން ގާޑިއޯލާ ބުނީ، ހާލަންޑަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.

ސިޓީއަށް ކުރިޔަށް އޮތީ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި އެޑަސަން އާއި މަތެއަސް ނޫނެސްގެ އިތުރުން ޖޯން ސްޓޯންސްއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ